theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން، އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) / ތޭރަ އޮންލައިން
ސިޔާސީ
އިންސާނަކަށް ދޮގުހެދޭނެ އެންމެ މަތީ ދަރަޖައަކަށް މުއިއްޒު ދިވެހިންނަށް ދޮގު ހަދައިފި : ވައްޑެ
Mariyam Ibrahim
މަރިޔަމް އިބްރާހިމް
07 ޖުލައި 2025
މާލެ ސިޓީ

އިންސާނަކަށް ދޮގުހެދޭނެ އެންމެ މަތީ ދަރަޖައަކަށް މުއިއްޒު ދިވެހިންނަށް ދޮގުހަދައިފި ކަމުގައި ޕީއެންއެފުގެ އިސް ސަފުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެބޭފުޅާ ވިދާޅުވީ، ވެރިޔަކަށްވެހުރެެ ދިވެހިންނަށް މިވަރަށް ދޮގުހަދާ ޤައުމަށް ޤައްދާރުވެފައިވާ މީހަކު އަމިއްލަ ނަފްސަށް ވެސް ތެދުވެރިއެއް ނުވާނެ ކަމަށެވެ.

ވައްޑެ ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު، ދިވެހިންނަށް ހަދާފައިވާ ދޮގުތަކުގެ ސަބަބުން ދިވެހިންނާއި ކުރިމަތިލާން ކެރިވަޑައި ނުގަނެގެން މިހާރު އުޅެނީ ފިއަލަވައި ގެން ކަމަށެވެ. ރައްޔިތުންނާއި ބައްދަލު ނުކުރައްވާތާގައި، ޓީވީ ޕްރޮގުރާމެއް ގައިވެސް ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަން ކެރި ވަޑައި ނުގަންނަވާ ކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އިންސާނަކަށް ދޮގުހެދޭނެ އެންމެ އެކްސްޓްރީމްގަ މުއިއްޒު ދިވެހިންނަށް ދޮގުހަދައިފި، ޤައުމަށް ދޮގުހަދައިފި، ޤައުމަށް ޤައްދާރުވެއްޖެ މިވަރަށް ޤައުމަށް ޤައްދާރުވި މީހަކު ނުވާނެ އަމިއްލަ ނަފްސަށްވެސް ތެދުވެރިއެއް އިނގޭތޯ އެހެންވީމަ އައްސަދު ގަބޫލު ކުރަންވަންތޯއޭ މިއަދު މުއިއްޒު އުޅެނީ ފިއްލަވައިގެން އިނގޭތޯ އަޅުގަނޑުމެންނަށް ފެނުނީ މިއަދުވެސް ރައްޔިތުންނަށް ފިއްލަވައިގެން މިހާވަރަށް ދޮގުހަދައި، ނޫނު އަތޮޅުދަތުރު ކެންސަލް މިހާރު ޕޮޑްކާސްޓް އެއީވެސް ޝަކީއްބެއާއި އެކީ ފެބްރިކޭޓް ކޮއްގެން ޕީއާރް އަށް ޖައްސާއެއްޗެއް އެޔަށް އަރަން ލަދުފުޅުން އަރައި ވަޑާއި ނުގަންނަތާ އެއްމަސް.

- ވައްޑެ

ވައްޑެ ވިދާޅުވީ ރައްޔިތުންނާއި ކުރިމަތިލާން ނުކެރިގެން، އެންމެފަހުން ބޭއްވި ކުޅުދުފުށީ ހޮސްޕިޓަލުގެ އަހަރީދުވަހުގެ ރަސްމިއްޔާތަށް ވެސް ފޮނުވަނިފައި ވަނީ މެޑަމް ސާޖިދާ ކަމުގައެވެ.

ވައްޑެ ވިދާޅުވީ ދިވެހި ރައްޖޭގައި މިހާރު ހުރި ހުރިހާ މައްސަލަ ތަކަށް ހައްލު ލިބޭނީ، ރައީސް މުއިއްޒު ރާއްޖޭގެ ވަލީއުލްއަމްރު ކަމުން އިސްތިއުފާދީފައި ގޭގައި މާޑުކުރުމުން ކަމުގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved