theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަލީހް / ތޭރަ އޮންލައިން
ސިޔާސީ
މިވަގުތަކީ އެއާރޕޯޓުގެ ތަންތަންކޮޅު ވިއްކާލަންވި ވަގުތެއްނޫން މީ އޭގެއިން ޤައުމަށް މަންފާ ހޯދަންވީ ވަގުތު: މަލީހު
Mariyam Ibrahim
މަރިޔަމް އިބްރާހިމް
07 ޖުލައި 2025
މާލެ ސިޓީ

މިވަގުތަކީ އެއާޕޯޓުގެ ތަންތަންކޮޅު ވިއްކާލަންވި ވަގުތެއްނޫން މީ އޭގެއިން ޤައުމަށް މަންފާ ހޯދަންވީ ވަގުތު ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާ ވިދާޅުވީ، އެއާރ ޕޯޓަކީ 2013 ވަނަ އަހަރުން ފެށިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫން އެމަނިކުފާނިގެ އެންމެ ބޮޑު އަމާޒެއް ކަމުގައި ދެކިގެން ޤައުމުގެ އިގްތިސާދު ބަދަލުކޮށްލާނޭފަދަ ވަރު ގަދަ ޕްރޮޖެކްޓެއް ކަމުގެ ހުވަފެން ދެކެމުނަ އައި ތަނެއް ކަމަށެވެ.

އެމަނިކުފާނުގެ ދައުރުގައި އެ ޕްރޮޖެކްޓު ނިމުމަކަށްނައީ އެމްޑީޕީ ސަރުކާރުން ޖީއެމްއާރް އަށް އެއަރޕޯޓް ދިނުމަށްފަހު އެތަކުގައި އަޅުއްވާފައިވައި ހުރި ބޭކާރު ބޮޑެތި ކޮންކްރިޓްތައް ނަގަން ކުރަން ޖެހުނު މަސައްކަތް ތަކުގެ ސަބަބުން ނާއި އޭގެ ފަހުން އެބާރު މިނުގައި އެމްޑީޕީ ސަރުކާރުން އެމަސައްކަތް ނުގެންދެވުމުން ކަމުގައިވެސް އެބޭފުޅާ ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެޔާޕޯޓުގެ ގެ މަޝްރޫއުގެ 12 އަހަރު ފަހުން އެ ޕްރޮޖެކްޓް މިއަދު ނިމިފައި މިވަނީ ވަރަށް ފުރިހަމައަށް ކަމުގައެވެ. އެހެން ކަމުން މި ވަގުތަކީ އެތަނުގެ ތަންތަންކޮޅު ވިއްކާލަން ވީ ވަގުތެއް ނޫން ކަމަށާއި މިއީ އެތަނުން ރަނގަޅު މަންފާއެއް ޤައުމަށް ހޯދަން ޖެހޭ ވަގުތެއް ކަމުގައެވެ.

އެވައުދު މިހާހިސާބަށް ޑިލޭވެގެން ދިޔައީ ހަޤީގަތުގައި އެމްޑީޕީ ސަރުކާރުން ޖީއެމްއާރުއަށް އެއަރޕޯޓު ދީފަ އެތާގަ ބޭކާރު ބޮޑުސިންގާ ކޮންކްރިޓް ތަކެއް އަޅާފައޮތީމަ އެތަންތަން ނަގަން ދިޔަ ވަގުތު އޭގެފަހުން އެމްޑީޕީ ސަރުކާރަށް އެބާރު މިނުގައި ނުގެން ދެވުނީމަ، އެހެން ނަމަވެސް މިއަދު މިހާރު ގާތްގަނޑަކަށް އޭގެ 12 ވަރަކަށް އަހަރު ފަހުން އެއަރޕޯޓު ނިމިގެން އެދިޔައީ ވަރަށް ފުރިހަމައަށް މީވަގުތު އެއަރޕޯޓުގެ ތަންތަންކޮޅު ވިއްކާލަންވި ވަގުތެއްނޫން ރައީސް ޔާމީންގެ ވިޝަން އާއި އެއްކޮށް އެއަރޕޯޓުން ނަފާ ޑޮލަރު ބޯކޮށް ސަރުކާރަށް ވައްދަންވި ވަގުތު

- މަލީހު

މަލީހު ވިދާޅުވީ ރައީސް މުއިއްޒުގެ މި ނާޤާބިލް ސަރުކާރުގެ އަމާޒަކީ އެއަރޕޯޓުގެ ޕްރައިވެޓް ޖެޓް ޓާރމިނަލް ބޭރުގެ ކުންފުންޖެއް ކަމަށްވާ ޖެޓެކްސް ކުންފުންޏަށް ދިނުން ކަމުގައި އެވެ.

މަލީހު ވިދާޅުވީ އެއަރޕޯޓު ގެ ތަންތަންކޮޅު އެކި ބޭފުޅުންނަށް ދޫކުރާއިރު އެއާރޕޯޓުގެ ޑިވެލޮޕްމެންޓް ލޯން އޮތީ އެމްއޭސީއެލްގެ ނަމުގައި ކަމަށެވެ. ކަންމިހެން އޮތް އިރު މިލޯން އެބޭފުޅުން ދައްކާނީ ކިހިނެއްކަމާއި މެދު މަލީހުވަނީީ ސުވާލު އުފައްދާފައެވެ.

މަލީހު ވިދާޅުވީ އެއަރޕޯޓުގެ ގްރައުންޑް ހޭންޑަލިން އެންއޭސީއެލް އަތުގައި ބޭއްވުމަށެވެ. އެމްއޭސީއެލް ބަނގުރޫޓުވާނެހެން ސަރުކާރުން ކުރަން އުޅުއްވާ މަސައްކަތް ހުއްޓާލުމަށް ވެސް މަލީހު ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved