March 21, 2026
Advertisement
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ރިޔާސަތުން ބަލައިނުގަތް
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ރިޔާސަތުން ބަލައިނުގަތް / ރައީސް އޮފިސް

ގުޅީފަޅު ގޯތިތަކުގެ އާ އެއްބަސްވުން ހަދާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 8, 2025, 03:37 PM
މާލެ ސިޓީ

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާމެދު ކުރިން ހެދި އެއްބަސްވުންތައް އުވާލައި އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރު ކުރުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

Advertisement

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ހުށަހެޅީ މިކަމާ ގުޅިގެން މަޖިލީހުގައި ބަހުސްކުރުމަށެވެ. ކުއްލި މައްސަލަ ބަލައިގަންނަން ނެގި ވޯޓުގައި މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލަން 34 މެންބަރަކު ވޯޓު ދެއްވި އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބޭ މީހުން ކަނޑައަޅައި އެ ލިސްޓް ގެޒެޓްކޮށް ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން އެ މީހުންނާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ހެދި އެ އެއްބަސްވުން ގާނޫނީ ގޮތުން ފުށޫ އަރާ ކަމަށް ބުނެ އެ އެއްބަސްވުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ބަދަލާ އެކު ގޯތި ލިބޭ މީހުންނަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށެވެ. އަދި ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން އުވިފައިވާތީ، އާ ރަޖިސްޓްރީ އާއި އެއްބަސްވުން އެޕޮއިންޓުމެންޓު އުސޫލުން މިހާރު ދޫކުރަމުން ގެންދާކަމަށެވެ.

އަލަށް އެކުލަވާލި އެއްބަސްވުންތައް ބަލައިނުގަންނަ ކަމަށާއި އެ އެއްބަސްވުންތަކުގައި ގޯތި ލިބުނު މީހުން ސޮއިނުކުރަން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން އިއްޔެ ވަނީ އެދިފަ އެވެ. އެއްބަސްވުމެއްގައި ސޮއިކުރާނީ ކުރިން އޮތް ގޮތަށް ބަދަލުކުރުމުން ކަަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved