theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވިއްސާރަ ދުވަހެއްގައި، އައްޑޫ ލިންކް ރޯޑް / އައްޑޫ ލައިވް
ހަބަރު
އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމީ ހުދު ސަމާލު ނެރެފި
Mariyam Isaadha
މަރިޔަމް އިސާދާ
10 ޖުލައި 2025
އައްޑޫ ސިޓީ

އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އަތޮޅުތަަކަށް މެޓުން ހުދު ސަމާލު ނެރެފައިވަނީ މެންދުރު 13:15 އިން ފެށިގެން އިރުއޮއްސި 06:00 އަށެވެ.

ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މި ދުވަސްވަރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާ އަދި ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު ވިއްސާރަކުރާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

އުތުރުގެ ރަށްތަކަށް މޫސުން އެހާ ގޯސްނުވާނެ ކަމަށާއި ނަމަވެސް ދޭތެރެ ދޭތެރެއިން ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަން ހާމަކޮށް އިތުރަށް ބުނެފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރާ ކަމަށެވެ.

މީގެ އިތުުރުން ދެކުނުގެ އަތޮޅުތަކަށް ކަނޑު މަޑުވާނެ ކަމަށާ ނަމަވެސް، އެހެން ސަރަހައްދު ތަކަށް އާދައިގެން ވަރަކަށް ކަނޑު ގަދަވެ ވިލާގަނޑުގައިވެސް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved