April 22, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

ޓެކްސް ޕޭޔަރުންގެ ފައިސާ ސިޔާސީ ސަކަރާތް ޖަހަން ހޭދަކުރުމަކީ ގޯހެއް: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 11, 2025, 03:43 AM
މާލެ ސިޓީ

ޓެކްސް ޕޭޔަރުންގެ ފައިސާ ސިޔާސީ ސަކަރާތް ޖަހަން ހޭދަކުރުމަކީ ގޯހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

"ރަސްމީ ހައިސިއްޔަތެއް ނެތް ފަސްޓް ލޭޑީގެ ރަސްމީ ދަތުރުތައް ގިނަވެއްޖެ" މި މައުޟޫގައި އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ހިއްސާކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި، މިއަދު ދިވެހި ގައުމުގެ ޙާލަތު އެ މިންވަރުން ހާމަވާ ކަމަށެވެ.

ރައްޔިތުންގެ ވެރިކަމެއް ހިނގާނީ ދުސްތޫރީ އަސާސްތަކުގެ ތެރޭގައި ކަން ބަޔާންކުރައްވާ ޑރ ޖަމީލުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ ބައެއް ވާހަކަތަކަކީ ލިޔެފައި ނެތަސް ބެސްޓް ޕްރެކްޓިސްގެ ތެރޭގައި ހިމެނޭ އާދަކާދަތައް ކަމަށެވެ.

އެހެންކަމުން ލިޔެފައި ނެތޭ ބުނެ ޓެކްސް ޕޭޔަރުންގެ ފައިސާ ސިޔާސީ ސަކަރާތް ޖަހަން ހޭދަކުރުމަކީ ގާނޫނީ ގޯހެއްެ ގޮތުގައި ޑރ ޖަމީލު ސިފަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved