theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އަލިފާން ރޯވި ސަރަހައްދު / ދައުރު
ހަބަރު
އަލިފާންގަނޑުގެ 95 އިން ސައްތަ ވަނީ ކޮންޓްރޯލުކުރެވިފައި، ގަޑިއެއްހާއިރު ތެރޭ އަތްދޫކޮށްލެވޭވަރު ވާނެ: އެމްއެންޑީއެފް
Mariyam Isaadha
މަރިޔަމް އިސާދާ
10 ޖުލައި 2025
މާލެ ސިޓީ

ހުޅުމާލެ ފޭސް 1ގެ އިންޑަސްޓްރިއަލް ޒޯނު ސަރަހއްދުގައި މިރޭ އިރާ ކޮޅު ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑުގެ 95 އިން ސައްތަ ނިއްވާލެވައިފާ ކަމަށާ ގަޑިއެއްހާއިރު ތެރޭގައި އެ މަސައްކަތުން އަތް ދޫކޮށްލެވޭ ވަރުވާނެ ކަމަށް އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއުއިން ހާމަކޮށްފިއެވެ.

ހުޅުމާލެ ފޭސް 1 ގައި ހުންނަ އެންސިސްގެ ގުދަނުގަި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ އަދާހަމަ މީޑިޔާތަކާ ހިއްސާކުރައްވަމުން އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއުއިން ވިދާޅުވީ، މިރޭ އިރު އޮއްސި 18:48 އެހާ ކަންއިރު ހިނގި ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ކުރި މަސައްކަތުން 95 އިން ސައްތަ ކޮންޓްރޯލު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަނގުރު އަލިފާނުގެ އަސަރު އަދިވެސް ހުރުމުން އެއްކޮށް ކޮންޓްރޯލުކޮށް ނިއްވާލަން ގަޑިއެއްހާއިރު ނަގާނެ ކަމަށެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެއްވެސް ސިފައިންގެ މީހަކަށްވެސް އަދި ހާދިސާގައި އާންމުގެ މީހަކަށްވެސް އެއްވެސް ގެއްލުމެއް ﷲގެ އިރާދަފުޅުން ވެފައިވާ ނުވާ ކަމަށާ، ސަރަހއްދުގައި ދުމުގެ އަސަރުވެސް އިހުނަށް ވުރެ ކުޑަވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް އަދިވެސް ދުމުގެ އަސަރު ހުރުމާއެކު ކާބަން މޮނޯ އޮކްސައިޑުގެ އަސަރު އެ ހިސާބުގައި ހުންނާނެ ކަމަށާ އެހެންކަމުން އެކަމަށް އާންމުން ސަމާލުވުމަށް އެދޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަލިފާން ރޯވާން ދިމާވި ހާދިސާ އަދި ދެނެގަނެވިފައިވާ ނުވާ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved