

ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ފެށި ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން ޕާކިސްތާނުން އިންޑިއާގެ ވައިގެ ސިފައިންގެ 6 ޖެޓް ވައްޓާލި، ޗައިނާގައި އުފައްދާފައިވާ ޒަމާނީ ފައިޓާޖެޓެއްކަމަށްވާ ޖޭ 10 ސީގެ ޖެޓްތައް އީރާނަށް ވިއްކަން ޗައިނާއިން ނިންމުމުން ސަހްޔޫނީން ރުޅިގަދަ ވެއްޖެ އެވެ.
މިފަހުން ޕާކިސްތާނުން އިންޑިއާ އަށް ދިން ދިފާއީ ހަމަލާތަކުގައި ޕާކިސްތާނުން ވަނީ އިންޑިއާގެ 6 ޖެޓެއް ވައްޓާލައިފަ އެވެ. އެއީ ވައްޓާލި ޖެޓްތަކުގެ ތެރޭގައި ތިން ރާފަލް ޖެޓް – ފްރާންސްގައި އުފެއްދި ތަޖުރިބާކާރު މަލްޓި ރޯލް ފަޔަރ މަތިންދާބޯޓު ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ވައްޓާލި ޖެޓުތަކުގެ ތެރޭގައި މިގް-29 އާއި އެސްޔޫ-30 ހިމެނެ އެވެ.
މިފަދަ ޖެޓްތަކަކީ ސަހްޔޫނޫން ވެސް ސަރަހައްދީ ގައުމުތަކަށް ބޮންއަޅަން ބޭނުން ކުރާ ޖެޓްތަކެވެ.
މިފަހުން އީރާނުން ސަހްޔޫނީންނަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު ހޯދި ނަސްރާކާމިޔާބީ ފާހަގަކޮށް އަދި އިރާންގެ ދިފާއު ވަރުގަދަ ކުރުމަށް މިހާރު ވަނީ ޗައިނާގެ އުފެއްދުމެއް ކަމަށްވާ "10 ސީގެ" ޖެޓްތައް އީރާނަށް ގަތުމަށް ނިންމައިފަ އެވެ.
އިތުބާރުހުރި މަސްދަރުތަކާ ހަވާލާދީ ފޮކްސް ނިއުސް އާއި އެކްސިއޮސް ބުނާގޮތުން އީރާން ގެންދަނީ ޗައިނާއިން ވައިގެ ދިފާއީ ނިޒާމުގެ ކޮންޕްލީޓް ސިސްޓަމްތަކެއް ގަތުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ. އަދި އެސިސްޓަމްތައް ބޭނުންކުރާނެ ފަަންނީ މީހުންވެސް ތަމްރީން ކުރަމުންނެވެ.
މިކަމާއި ސަހްޔޫނީން ރުޅިގަދަވެ އީރާނަށް ފަހުގެ އަސްކަރީ ސާމާނު ލިބުން ހުއްޓުވުމަށް މިހާރު ވަނީ އެމެރިކާ އަދި ސަހްޔޫނީންނާއި ގުޅުން އޮތް ގައުމުތަކުގައި އެދިފަ އެވެ.
ޗައިނާގެ ވައިގެ ދިފާއީ ނިޒާމުތަކަކީ ވަރަށް ސޮފިސްޓިކޭޓެޑް ނިޒާމުތަކަކަށްވާތީ އެމެރިކާ އާއި ސަހްޔޫނީންގެ ވައިގެ ހަމަލާތަކުގެ ކުރިމަތީގައި އެނިޒާމުތައް މަސައްކަތްކުރާ ގޮތާއި މަސައްކަތްކުރާ މިންވަރު ބެލުމަކީ ޗައިނާ މިހާރު ވަރަށް ބޭނުންވެފައިވާކަމެއްކަމަށްވެސް ތަޖުރިބާ ކާރުން ގަބޫލް ކުރައްވައެވެ.
ޗައިނާގެ "10 ސީގެ" ޖެޓްތައް އީރާނަށް ލިބުމާއި އެކު އީރާން ދެކެ ސަހްޔޫނީން މިހާރު ގަންނަ ބިރު 100 ގުނަ އިތުރު ވާނެ ކަމަށް މެދުއިރުމަތި ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.