

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.
ވަކި ވަކީން ދެ ސަރައްހައްދަކަށް ސަމާލު ނެރެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، ފުރަތަމަ ހުދު ސަމާލު ނެރިފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެއީ މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.
ދެވަނައަށް ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެއީ މެންދުރު 15:30 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.
ސަމާލުތަކުގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.