April 26, 2026
Advertisement
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް މުއިއްޒުގެ ވެރިކަން ވެގެން ދާނީ ބޮޑު ފްލޮޕަކަށް: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 12, 2025, 09:51 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވެގެން ދާނީ ބޮޑު ފްލޮޕަކަށް ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވިއެވެ.

Advertisement

ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގުރާމުގައި ވާހަކަދައްކަމުން މަލީހު ވިދާޅުވީ، މިސަރުކާރު ހިންގުމަށްޓަކައި މި ސަރުކާރުގައި އެކުލަވާލައިފައިވާ ކެބިނެޓުގެ ގޯސް ކަމަށާއި މީގެ އިތުރުން ސަރުކާރަށް އެހީތެރިކަމެއް ފޯރުކޮށްދޭން އޮތްތަން ރައްޔިތުންގެ މަޖިލީސް ވެސް އޮތީ ބޮޑުތަނުން ފެއިލް ވެފައި ކަމުގައެވެ.

މަލީހު ވިދާޅުވީ ސަރުކާރެއް ގޯސްމަގަކުން ހިނގާނަމަ، ޖަވާބުދާރީ ކުރުމަށްޓަކައި އޮއްތަނަކީ ރައްޔިތުންގެ މަޖިލީސް ކަމުގައި ވީއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން ތިބީ ހަތަރެސްފައި ބަނދެވިފައި ކަމުގައެވެ.

ސަރުކާރެއް ގޯސްމަގަކުން ހިނގާކަމަށްވަންޏާ އެބޭފުޅުން ޖަވާބުދާރީ ކުރުމަށްޓަކައި މިއޮތީ ރައްޔިތުންގެ މަޖިލީސް، ދެެން އަޅުގަނޑުމެން މިހާރު މިކިޔަނީ އެއީ އޮޅުހިޔާ ފެސިލިޓީ އެކޭ! އެއީ އެތާ އަތާފަޔާ ހުރިހާތަނެއް ބަނދެވިފަތިބި އަޅުންތަކެއް، ރައްޔިތުންގެ މަޖިލީހުގަ ތިބީ އަޅުން ތަކެއް، އެތަން ނުހިންގައޭ އެތާ ރައްޔިތުން ލަދުގަންނަ ފެންވަރުގެ މަޖިލީހެކޭ އޮތީ ތައުލީމެއް ތަޖުރިބާއެއް ނެތް ބޭފުޅުންނޭ މަގުމަތީ ކުދިންކޮޅެކޭ އެތާ އުޅެނީ އަޅުގަނޑުމެން ދިވެހި ރައްޔިތުން ލަދުގަނަން އެބަޖެހޭ

މަލީހް

މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ އެތަނަށް ޤާބިލު ބައެއްނޫން ކަމަށާއި، އެތަނުގައި ތިބީ ތައްތަނުން ގެނެސް ތިބި ވަޑިންނާއި ގުދަންތަކުގައި މަސައްކަތް ކޮއްފައި ތިބި ތަނެއް ދޮރެއް ނޭގޭ ބައެއްް ކަމުގައެވެ.

މަލީހު ވިދާޅުވީ މިފަދަ ބޭފުޅުން ގޮވައިގެން ޤައުމު ކުރިއަކަށް ނުދާނެ ކަމަށެވެ. ސަރުކާރު ނުހިންގޭނެ ކަމަށެވެ. ޤައުމަށް ފައިސާއެއް ނުވަންނަތާގައި މުޅި ވެރިކަންވެސް ވެގެން ދާނީ ފްލޮޕް ކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved