March 27, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން / ތޭރަ އޮންލައިން

ރައިސް މުއިއްޒު އެންމެ ފުރަތަމަވެސް އަތްބޭނީ ހަލީފާއިންވެސް އަތް ނުބާނާ ހިސާބަށް: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 13, 2025, 03:31 PM
މާލެ ސިޓީ

ރައިސް މުއިއްޒު ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަވެސް އަތްބޭނީ އަޅުގަނޑުމެންގެ ހަލީފާއިންވެސް އަތް ނުބާނާ ހިސާބަކަށް ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުންނަށް ދައްކަން ބޭނުން ވަނީ އެމަނިކުފާނަކީ ވަރަށް އިހުސާންތެރި ވަރަށް ދީންވެރި ބޭފުޅެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދިންވެރި އިންސާފުވެރި އަދުލުވެރި ކަމަށް ދެއްކެން އުޅޭ ވެރިމީހާ އެންމެ ފުރަތަމަ ވެސް ވެރިކަމާއި ހަވާލުވެ ފަންޑިޔާރުންނަށް ނުފޫޒު ފޯރުވައިފައި ވާ ކަމަށެވެ. ފަނޑިޔާރުންނަކީ އިންސާފުވެރި ކަމާއިއެކީ އަދުލުވެރިކަމާއި މިނިވަން ކޮށް އިންސާފުު ގާއިމު ކުރަންޖެހޭ ބައެއް ކަމުގައި ވީއިރު ރައީސް މުއިއްޒު ވަޑައިގެން ފަނޑިޔާރުގެ ހަލާކު ކޮށްލީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައިސް މުއިއްޒު ވެރިކަމާއި ހަވާލުވެ ފަނޑިޔާރުގެއިން ބޭނުން މީހަކު ބޭރުކޮށް، ބޭނުން މީހަކަށް މަޤާމުތައް ދޭއިރު އެމަޤާމުތައް ހަވާލު ކުރަނީ އެކަމަށް ޤާބިލު ބައެއްތޯ ވެސް ބަލާފައި ނުވާކަމަށެވެ.

މުއިއްޒު ވަޑައިގެން އެންމެ ފުރަތަމަ މި އަތްބޭނީ އަޅުގަނޑުމެންގެ މާތް ހަލީފާއިންވެސް އަތްނުބާނާ ހިސާބަށް މިދިޔައީ، ފަނޑިޔާރުންނަކީ އިންސާފުވެރި ކަމާއި އެކީ އަދުލުވެރި ކަމާއިއެކީ މިނިވަން ކޮށް އިންސާފު ޤާއިމު ކުރަންޖެހޭ ބައެއްް ގޮތުގަިއ އޮންނަނީ، މުއިއްޒު ވަޑައިގެން ހަމައެތަން ހަލާކު ކޮއްލީ ފަންޑިޔާރުގެއިން ބޭނުން މީހަކު ބޭރުކޮށް ބޭނުންމީހަކަށް މަގާމު ދިނީ އެއްވެސް ގޮތަކަށް އަދުލުވެރި ވުމަށް އެންމެ މުހިންމު އެއް ކަމަކަށް ވަނީ މީހާއަދުލުވެރި ވުމަކަށް ވޭ ޤާނޫނު ދަތުން

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެންމެ ދަށުކޯޓުން ގެނެސް ސްޕްރިމް ކޯޓަށް އެކަމަށް ޤާބިލި ކަމެއް ނެތް މީހުން ތަކެއް ލާއިރު އެންމެ ނުބައި އެއް ކަމަކީ ފަނޑިޔާރު ގެއްށް އަތް ބޭނުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަވެސް ވިދާޅުވެފައި ވަނީ މިހިދުން މިހިދަށް ފަނޑިޔާރު ގެއަށް އަތް ބޭނުން ނިމުނީ ކަމުގައެވެ. އެހެން ނަމަވެސް އެޔަށްވުރެން ބޮޑަށް ކުރައްވާ ކަމެއް ނެތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved