March 26, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން / ތޭރަ އޮންލައިން

މިސަރުކާރުން 170 މިލިޔަން ރުފިޔާ އެންމެ ދޮޅު މިނިޓަށް ހޭދަކުރި : ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 12, 2025, 09:52 PM
މާލެ ސިޓީ

ދޮޅު މިނިޓަށް ޓަކައި ސަތޭކަ ހަތްދިހަ ވަރަކަށް މިލިޔަން ރުފިޔާ މިސަރުކާރުން އިސްރާފު ކޮށްފައި ވާހަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގަިއ ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ލިވަޕޫލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރު ފުޅެއްގައި، ދިވެހިރާއްޖެ އެންމެ ބޮޑަށް އިޝްތިހާލު ކުރެވޭނީ ލިވަޕޫލް ފްޓްބޯޅަ ކުލަބްގެތެރެއިން ކަމުގައި ޤަބޫލުފުޅު ކުރައްވާ 170 ވަރަކަށް މިލިޔަން ރުފިޔާ ހޭދަ ކުރެއްވި ކަމަށެވެ.

ނަމަވެސްލިވަޕޫލްގެ އެއަރ ޓައިމް އިން ދިވެހި ރާއްޖެ ލިބިފައި ވަނީ ހަމައެންމެ ދޮޅު މިނިޓު ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ފަދަ ކަންތައްތަކަކީ ބުއްދިފުޅު ހަމަބޭފުޅަކު ކުރައްވާނެ ކަންތައް ތަކެއް ނޫން ކަމަށާއި، މި އިސްރާފު ކުރީ ރައްޔިތުންގެ ފައިސާއިން ވަރަށް ބޮޑު އަދަދެއް ކަމަަށެވެ.

ރައީސް ޔާމީން ވިދާޅުވީ ހުސްްގޮނޑި އެއް ދައްކައިގެން ވެރިކަމަށް އައި ބަޔަކު ރާއްޖެ އިސްތިހާރު ކުރުމުގެ ނަމުގައި އެވަރު ބޮޑު ހޭދައެއް ކުރި ނަމަވެސް، އެޤައުމުން ލިބުނީ ވެސް ހަމައެންމެ ދޮޅު މިނިޓު ކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved