April 26, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒުއަށް އުނބު ޓާން ނެގުމަކީ ފަސޭހަކަމެއް: މަލީހު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 13, 2025, 10:28 PM
މާލެ ސިޓީ

ރައީސް މުއިއްޒުއަށް އުނބު ޓާން ނެގުމަކީ ފަސޭހަކަމެއް ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިހެން ވިދާޅުވެފައި ވަނީ ދައުލަތަށް ޑޮލަރުގެ އާމްދަނީ އިތުރުވެފައި ވާކަމަށް ބުނާއިރު ޑޮލަރުގެ އަގު 20 ރުފިޔާއަށް މަތިވެފައި ވާތީ މިކަމާ ގުޅޭ ގޮތުން ފާޑު ވިދާޅުވެ އެކްސްގައި ކުރައްވާފައިވާ ޕޯސްޓްއެއްގައެވެ.

އެ ޕޯސްޓްގައި މަލީހު ވިދާޅުވެފައިވަނީ ޑޮލަރުގެ އަގު މިހާ ބޮޑުތަނުން އުފުލިފައިވުމަކީ ސަރުކާރުގެ ވަރަށް ބޮޑު ފެއިލިޔަރއެއް ކަމަށެވެ. އެހެން ކަމުން އެންމެ ރަނގަޅުގޮތަކީ އެމްއެމްއޭގެ ގަވަރު ނަރާއި އިކޮނޮމނިކް މިނިސްޓަރު އަދި ފައިނެންސް މިނިސްޓަރ އިސްތިއުފާދިނުން ކަމަށެވެ.

މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ މިހާރު މިއޮތް ޕޮލިސީއުވާލާ ކުރިން އޮތްގޮތަށް ބަދަލުކުރަން ފެންނަ ކަމުގައެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު އަށް އުނބު ޓާން ނެގުމަކީ ފަސޭހަކަމެއް ކަމުގައި ވެސް މަލީހު ވިދާޅުވެފައިވެއެވެ.

ޑޮލަރު ލިބުމުގެ ދަތިކަމާއި ގުޅިގެން އާންމުންނާއި ވިޔަފާރިވެރިން ގެ ކަމްބޮޑުވުން އިންތިހާއަށް ހުރިއިރު ސަރުކާރުން ބުނެފައިވަނީ ރަސްމީ ރޭޓަކަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ މިހާރު ތަންފީޒުކުރަމުން އަންނަ ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒު ކޮށްގެން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved