

ހުޅުމާލެ ފޭސް 1ގައި ހުންނަ ފްލެޓް 94ގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.
އަލިފާން ރޯވެފައިވަނީ ޗައިނާ ޓައުން ޕާރކް ކައިރީ ހުރި އެޕާޓްމެންޓްއެއްގައެވެ. މީސްމީޑިއާ އިން ފެންނަ މަންޒަރުތަކުން އެ ފްލެޓްގައި ވަރަށް ބޮޑަށް ރޯވެފައިވެއެވެ.
އެމްއެންޑީއެފުން މި އަލިފާންގަނޑު ކޮންޓްރޯލް ކޮއްފައިވަނީ 11:06 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭގެ 94 ވަނަ ފްލެޓްގެ 2 ވަނަ ފަންގި ފިލާގައެވެ. އަދި ދެ އެޕާޓްމެންޓެއްގައި އެ ހާދިސާ ހިނގި ކަމަށް ބުނެފައިވެއެވެ. އެތަނުގައި 11 ބިދޭސީން ދިރިއުޅުނު ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެ އެޕާޓްމެންޓަށް ދުމުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިވާއިރު އެއްވެސް މީހަކަށް އަނިޔާ ވެފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.