

ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވިއިރުވެސް ވެލާނާ އިންޓަރޏޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މަސައްކަތުގެ 75 ޕަސެންޓު މަސައްކަތް އޮތީ ނިމިފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހާމަކުރައްވައިފިއެވެ.
ވެލާނާ އެއާޕޯޓުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިމަކަމުގައި ފެއްޓެވި ރާއްޖޭގެ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުއާ އެކު އައު ޓާމިނަލް މަސައްކަތްވެސް ފެށިގެން ކުރިއަށް ދިޔައެވެ. އަދި މިހާރު އެ ތަން ނިމި ހުޅުވަން ކައިރިވެފައިވާއިރުތަނުގެ ކްރެޑިޓު ދޭން ޖެހޭނީ ކޮން ރައީސަކަށް ތޯ ބަހުސެއް ވަނީ އުފެދިފައެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް އިބޫ ވެރިކަމަށް ވަޑައިގެންނެވިއިރު ހަމައެކަނި އަޅާފައިވަނީ ޓާމިނަލްގެ ބިންގާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވާ ޕީއެންސީގެ މެމްބަރު މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ ކަނޑައެޅިގެން ރައްޔިތުންގެ ލޮލަށް ގޮވުން ކަމަށާ އެހެނީ އޭރު އެ ޓާމިނަލްގެ 75 ޕަސެންޓު ނިމިފައިވާކަން، ދިވެހިރާއްޖޭގެ ވައިގެ މަގުން ދަތުރުފަތުރު ކުރަމުން ދިޔަ ގިނަ އަދަދެއްގެ ރައްޔިތުންނަށާ ހުޅުމާލެއަށް ގޮސް އައިސް އުޅުނު ގިނަ އަދަދެއްގެ ރައްޔިތުންނަށާ އަދި ކަނިވާ ސަރަހައްދަށް ކޮފީ އާ ސައިބޯން އައިސް އުޅޭ ރައްޔތިުންނަށް ވެސް ހާމަވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ފާޅުކަން ބޮޑުކޮށް ފެންނަން ހުންނަ ކަންކަމުގެ އިތުރުފުޅު ނުހެއްދުމަށް ގޮވާލައްވާ މުހައްމަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި އެވަނީ ނުސީދާކޮށް ވީއައިއޭ އައު ޓާމިނަލްއަކީ ރައީސް ޔާމީންގެ މިންނެއް މަސައްކަތްކަމާ އަދި މިއަދުގެ ސަރުކާރުން އެކަމަށް އެޅި ގަލެއް ހާ މިންވަރުވެސް ނެތް ކަމެވެ.