April 26, 2026
Advertisement
މަލީހު ގެ އެކްސް ޕޯސްޓް
މަލީހު ގެ އެކްސް ޕޯސްޓް / ޓްވިޓަރ

އިންސާފު ލިބުނު ފަރާތެއް ނެތް ހަރަދު ތަކެއް ކޮށްފި: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 14, 2025, 10:16 PM
މާލެ ސިޓީ

އިންސާފު ލިބުނު ފަރާތެއް ނެތް ކަމަށާއި ނަމަވެސް ތަހުޤީގެއް ކުރަން ކަމަށް ބުނެ ހަރަދު ތަކެއް ކޮށްފި ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އެބޭފުޅާ މިހެން ވިދާޅުވީ މާލޭ ގެއެއްގެ ފުރާޅުން ޒުވާނަކު ވެއްޓިފައިވާ މައްސަލަޔާއި ގުޅިގެން އެކުލަވާލި ކޮމެޓީ އުވާލާފައި ވާކަމަށް ބުނެ ރައީސުލްޖުމުހުރިއްޔާގެ އޮފީހުން ނެރުނު ބަޔާނާއި ގުޅިގެން ފާޑުވިދާޅުވެ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި މަލީހް ވިދާޅުވީ މިއީ އޮޅުވާލުމެއް ކަމަށެވެ. ހަރަދު ތަކެއް ކޮއްފި ކަމަށާއި ނަމަވެސް އިންސާފު ލިބުނު ފަރާތެއް ނެތް ކަމަށެވެ.

ޒުވާނާ ވެއްޓުނު މިމައްސަލައިގައި އެކުލަވާލި ކޮމެޓީ އުވާލާ އެ ބަޔާނުގައި ބުނެފައި ވަނީ 2025 އެޕްރީލު 18 ވަނަދުދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ ރައިސުލްޖުމުހުރިއްޔާގެ ޙާއްސަ ކޮމިޝަން، ރައިސުލްޖުމުހުރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އުވާލައިފައި ވާމަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved