March 26, 2026
Advertisement
ވައްޑެގެ ވަރުގަދަ ރައްދެއް ބޮޓޭކޯއަށް
ވައްޑެގެ ވަރުގަދަ ރައްދެއް ބޮޓޭކޯއަށް / ތޭރަގްރެފިކްސް

ވައްޑެގެ ވަރުގަދަ ރައްދެއް ބޮޓޭކޯއަށް: ގަޓު ހުންނަ މީހުން ވާދަވެރިން ބަލި ކުރާނީ ވާދަކޮށްގެން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 16, 2025, 12:33 AM
މާލެ ސިޓީ

ސިޔާސީ މައިދާނުގައި ގަޓު ހުންނަ ބަޔަކު ނަމަ ތިމާގެ ވާދަވެރިން ބަލިކުރާނީ އިންތިހާބުތަކުގައި ވާދަކޮށްގެން ކާމިޔާބު ހޯދައިގެން ކަމަށް ޕީއެންއެފްގައި އިސް ކޮށް ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ ލީޑަރު އިބްރާހިމު ފަލާހު ވިދާޅުވެފައިވާވުމަށް ރައްދު ދެއްވާ ވައްޑެ ފޭސްބުކްގައި ކުރި ">ޕޯސްޓެްގައި ވިދާޅުވެފައިވަނީ، ގަޓެއް ހުރި ބަޔަކު ނަމަ ހަގީގަތުގައި ވާދަވެރިން ބަލި ކުރާނީ ވާދަކޮށްގެން ކަމަށެވެ.

އޭގެ ބަދަލުގައި ވާދަވެރިޔާ ޖަލަށްލާ ޣައިދުކޮށް ހުރަގޭގެ ތޭރިތަކުގެ ފަހަތުގައި ބަހައްޓައިގެން ނަފްސާނީ ގޮތުން ޓޯޗަރކޮށްގެން އެމީހެއްގެ ދުވަސް ދުއްވާލުމަކީ ޑިމޮކްރެސީ ދަންނަ ކަމެއް ނޫން ކަމަށް ވިދާޅުވެ ވައްޑެ ވަނީ އެހެންކަމުން ބޮޓޭކޯމެންގެ ހިތްވަރެއް ހުރިއްޔާ ރައީސް ޔާމީން ސިޔާސީ ރޭހުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުވައިގެން ޕީވީސީއިން ރައީސް ޑރ މުހައްމަދު މުއިއްޒަށް ކާމިޔާބު ހޯދައިދިނުމަށް ގޮވާލާފައެވެ.

ވައްޑެގެ ޕޯސްޓު ނިންމާލާފައިވަނީ ބޮޓޭކޯއަށް ވަރުގަދަ ހަންދާން ކޮށްދިނުމަކުންނެވެ. އެގޮތުން ވައްޑެ ވަނީ ބޮޓޭކޯމެން މިހާރު ވެރިކަން ލިބި ބައިސާ ކަނޑަމުން ގެންދަނީ ވެސް ރައީސް ޔާމީން ޣައިދުކޮށްފައިވަނިކޮށް އެމަނިކުފާނުގެ ފޮޓޯ ދައްކައިގެން ލިބުނު ގޮނޑިއެއްގައި ރައީސް މުއިއްޒު އިންނަވައިގެން ކަން ހަނދާން ކޮށްދީފައެވެ.

ވައްޑެ މިފަދައިން ރައްދުދީފައިވާއިރު، ރިޔާސީ އިންތިހާބު ގާތްވަމުން އަންނައިރު ޕީއެންސީގެ ގިނަ މީހުން ދަނީ ރައީސް ޔާމީން އިންތިހާބުގައި ވާދަކޮށްފާނެކަމުގެ ބިރުހީވެ އެމަނިކުފާނު ނިޒާމުން ގެއްލުވާލާނެ ކަމުގެ އިންޒާރު ދެމުންނެވެ. އެގޮތުން ދާދި ފަހުން ޔޫތު އެޑްވައިޒަރު އަހުމަދު ނަރީޝްވެސް ވަނި ރައީސް ޔާމީނަށް ސިޔާސީ މަސައްކަތްކުރަން ދެން އެއވްެސް ބަޔަކު ފުރުސަތު ނުދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved