April 26, 2026
Advertisement
ހުޅުމާލޭގެ މެކޭނިކަލް ޕާރކިންގ ސިސްޓަމް
ހުޅުމާލޭގެ މެކޭނިކަލް ޕާރކިންގ ސިސްޓަމް / ސޯޝަލް މީޑިއާ

އެއަރޕޯޓުގެ ވާހަކަ މުއިއްޒު ދައްކަވާއިރު، މުއިއްޒަކީ ކާކުކަން ރައްޔިތުންނަށް އެނގޭ: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 16, 2025, 07:39 PM
މާލެ ސިޓީ

އެއަރޕޯޓުގެ ވާހަކަ މުއިއްޒު ދައްކަވާއިރު، މުއިއްޒަކީ ކާކުކަން ރައްޔިތުންނަށް އެނގޭ ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިޔާ ޕްލެޓްފޯމް، އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި އެބޭފުޅާ ވިދާޅުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެމަނިކުފާނުގެ މިނިސްޓަރ ކަމުގައި ބަހައްޓަވާފައިވާ މެކޭނިކަލް ޕާރކިންގ ސިސްޓަމް ހުރީ ބޭނުން ނުކޮށް ދަބަރަށްވާން ދޫކޮށްފައި ކަމަށެވެ.

އެބޭފުޅާގެ ޕޯސްޓުގައި ވިދާޅުވެފައި އޮތީ އަދިވެސް އެ މެކޭނިކަލް ޕާރކިންގ ސިސްޓަމް ދަބަރަށް ވާން ދޫކޮށްފައި އެހުންނެވީ ކާކުގެ ހުއްދަނުލިބިގެން އައްސަވާ ތޯ އެބޭފުޅާ ވަނީ ސުވާލު އުފައްދާފައި ވެއެވެ.

ޕޯސްޓްގައި އިތުރަށް މަލީހު ވިދާޅުވެފައިވަނީ އެއާޕޯޓުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެމަނިކުފާނުގެ މިނިސްޓާރުކަމުގައި ފެއްޓެވި ޕްރޮޖެެކްޓާއި މެދު ގޮތެއް ނިންމުމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވަނީ އެއާޕޯޓު ޓާމިނަލްގެ މަސައްކަތާ ގުޅުވާ އިތުރުފުޅު ހައްދަވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ މި ވެރިކަން ފެށުނު އިރު ނިމިފައި އޮތީ ހަމައެކަނި ޓާމިނަލް އިމާރާތުގެ 53 އިންސައްތަ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މުހިންމު ހުރިހާ މަސައްކަތެއްގެ 71 އިން ސައްތަ ވެރިކަން ބަދަލުވި އިރު ވަނީ ނިމިފައިވާކަން ލިޔެކިޔުންތަކުން ހާމަވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved