

ދިވެހިރާއްޖެ މިހާރު މިއޮތް ގޮތް ކަމުނުދާ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤައުމު މިހާރު މިއޮތް ހާލަތުން ނާށިގަނޑު ހިފައިގެން ސަލާންޖަހަންދާ ހިސާބަށް ގޮސްފައި ވާކަމަށެވެ.
ރާއްޖޭގައި މިހާރު މިއޮތް އިޤްތިސާދީ ދަތިކަމުން އަރައި ގަންނާނެ ފަދަ ވިސްނުމެއް ނުނަތަ ވިޝަަނެއް ޤައުމުގެ ލީޑަރުންގެ އޮއްތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ޤައުމަކަށް މިހާރު އިތުކަމެއް ބޭނުން ނުވާކަމަށެވެ. ޤައުމު ބޭނުންވަނީ އިޤްތިސާދީ ދަތިކަމުން އަރައިގަނެވޭނެ ފަދަ ވިސްނުމެއް ކަމުގައެވެ.
ދިވެހި ރާއްޖެވެސް އަމިއްލަ ފައިމަތީގަ ތެދުވެ ތިބޭ ވާހަކަ އެބުނަނީކީ އެއްގޮތަކަށްވެސް މިނިވަން ޤައުމެއްގެ ގޮތުގަ ނަން އޮތީމަކައެއް ނޫނޭ! އަޅުގަނޑުމެން މިނިވަނެއް ނޫނޭ މިއޮތް އަންނަނީ އަޅުގަނޑުމެން ނާއި ބައްދަލުކުރަނީ 60 ވަނަ މިނިވަން ދުވަސް އިނގޭތޯ! އަޅުގަނޑުމެން މިނިވަނެއް ނޫނޭ އަޅުގަނޑުމެން މިހާރު ނާށިގަނޑު ހިފައިގެން ސަލާން ޖަހަނީ
ރައީސް ޔާމީން ވިދާޅުވީ 60ވަނަ މިނިވަން ދުވަސް ޤައުމު ދެކޭއިރު ޤައުމުގައި މިނިވަން ކަމެއް ނެތް ކަމުގައެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން މިހާ ދަށްވެފައި އޮތްއިރު އަނެއްކާވެސް ވިދާޅުވަނީ އިތުރު ސުކޫކެއް ނަގާ ވާހަަކަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިވަގުތުވެސް އިތުރު އިންޓްރަސްޓްތަކަކާއި އެކީ ދައްކަންޖެހޭ ލޯނުގެ އަދަދު ބޮޑު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިޤްތިސާދީ ރަނގަޅު މަސައްކަތެއް ނުކުރާއިރު މިހާރު މިކުރާހެން ދޭތެރެއަކުން ކޮށްލާ ކަމަކުންނެއް ރާއްޖެ ދެކެން ބޭނުންވާ ބޮޑު މަންޒަރެއް ނުފެންނަ ކަމުގައެވެ.