March 20, 2026
Advertisement
އެކްސއިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލާންސްއަށް އަރުވަނީ
އެކްސއިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލާންސްއަށް އަރުވަނީ / ސަން އޮންލައިން

ލޯންޗު އެކްސިޑެންޓް: އަނިޔާ ލިބުނު 2 މީހަކަށް ފަރުވާދެނީ އައިސީޔޫގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 23, 2024, 04:48 PM
މާލެ ސިޓީ

ވިލިމާލެ ކައިރިން ކަނޑުމަތީގައި ރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

Advertisement

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކު ދޫކޮށްލާފައިވާއިރު، ދެ މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެކަކަށް ވޯޑުގައި ފަރުވާދެމުންދާ ކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ރޭ 7:48 ހާއިރު ހިނގި އެ ހާދިސާގައި 13 މީހަކަށް އަނިޔާވެ ވިލިމާލެ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ނަމަވެސް އޭގެ ތެރެއިން 7 މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓްގައި އަނިޔާވެގެން ގެންދިޔަ މީހުންގެ ތެރޭގައި އެފްކޮންސް ކުންފުނީގެ 10 މުވައްޒަފަކާއި އަނަންތްރާ ލޯންޗްގެ ތިން މީހެކެވެ.

މި އެކްސިޑެންޓާއި ގުޅިގެން އެ ސަރަހައްދުގައި މެރިން ފުލުހުން ހަރަކާތެރިވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved