theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޫސުން ގޯސް / ސޯޝަލް މީޑިއާ
ހަބަރު
ކުރިއަށް އޮތް ހަތަރު ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ، ސަމާލުވޭ!
Mariyam Isaadha
މަރިޔަމް އިސާދާ
16 ޖުލައި 2025
މާލެ ސިޓީ

ކުރިއަށް އޮތް ހަތަރު ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން ވައި ބާރުވެ، ކަނޑުތައް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވިފައިވާތީ އެކަންކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ވަނީ އެދިފައެވެ.

މެޓުން ލަފާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

  • ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވުން.

  • ކަނޑުތައް ގަދަވެ، ޚާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވުން.

  • ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރުން.

  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން. ހިމެނެއެވެ.

ދަތުރުވެރިންނާއި އެންމެހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް ދުވަސްވަރަކަށްވެފައި ކަނޑު މަތީގެ ހިތާމަވެރި ގިނަ ހާދިސާތަކެއް ވެސް ހިނގާފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved