April 26, 2026
Advertisement
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް / ވެލާނާ އެއާޕޯޓް

އެއާޕޯޓާއި ގުޅިގެން ރައީސް ޔާމީންގެ ވިޝަން އަކީ ރީތި ޓާމިނަލްއެއް ހަދާ ހުޅުވާލުން އެކަންޏެއް ނޫން: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 17, 2025, 09:01 PM
މާލެ ސިޓީ

އެއާޕޯޓާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ވިޝަން އަކީ ރީތި ޓާމިނަލްއެއް ހަދާ ހުޅުވާލުން އެކަނި ނޫން ކަމުގައި ޕީއެންއެފްގެ ސެކެރެޓަކީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެބޭފުޅާ މިހެން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި އާދީއްތަ ދުވަހުގެރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ އެއާޕޯޓެއް ހުޅުވުމުގެ ބޭނުމަކީ އެއާޕޯޓަށް ގޮސް ޓާމިނަލް ރީތިވެގެން އެތަނުގައި ފޮޓޯނެގުން އެކަނި ނޫން ކަމަށެވެ. އެޔާޕޯޓެއް ހުޅުވުމުގެ އެންމެ މައިގަނޑު އެއް ކަމަކަށް ވާންޖެހެނީ ޓިކެޓުގެ އަގު ހެޔޮވުން ކަމުގައި ވެސް އެބޭފުޅާ ވިދާޅުވިއެވެ. ވީއިރު މިފަދަ ތަސައްވުރެއް މިސަރުކާރުން ގެންގުޅޭ ތޯ އެބޭފުޅާ ވަނީ ސުވާލު އުފައްދާފައެވެ.

މަލީހު ވިދާޅުވީ އެއާޕޯޓު ތަރައްޤީގެ ނަމުގައި މިއަދު ކުރުދޮށިން އެއާ ޕޯޓުން ކުރަމުންދަނީ ވައްކަން ކަމުގަވެ. ދިވެހިރާއްޖޭގެ ޓުއަރިޒަމް ލޯގޯގައި ދިވެހިރުއް ހިމެނޭއިރު އެޔާޕޯޓުގައި ކަދުރު ރުއް ޖެހުމުގެ ބޭނުމަކީ މީގެއިން ކޮންމެ ރުކަކުން އެތަކެއް ޑޮލަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޖީބަށް ވަންނާތީ ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

މިބޭފުޅުން މުއިއްޒުމެންގެ ޕްލޭނަކީ ކޮބައިތޯ އަޮޅުތެރެއަށް އައްޑު އަތޮޅަށް ކޫއްޑު އަށްފުއައްމުލަކަށް ހަނިމާދުއަށް ދާބޭފުޅުންގެ ޓިކެޓުގެ އަގުހެޔޮ ކުރުމުގެ ސިޔާސަތެއް އެބައޮތްތޯ؟ އަޅުގަނޑުމެންގެ ކޮންމެހެން ބޭނުމެއްނުވޭ ހަވާ އަރުވާފަ ސުޖާ ކުންފުންޏަށް އަނެއް ކުންފުންޏަކަށް، މިއަދު ކުރުދޮށީގަ އެއާރ ޕޯތުން ވައްކަން އެކުރަނީ ކަދުރުރުއް! ކީއްކުރަންތޯ ކަދުރުރުއް؟ ރާއްޖޭގެ ތުއަރިޒަމް ލޯގޯގަ ހުރީ ދިވެހިރުކެއް ކީވެތޯ މިތާ ދިވެހިރުއް ނީންދެން ވީ ؟ ކީއްވެ؟ މީގެއިން ކޮންމެ ރުކަކުން ދުއިސައްތަ ތިންސަތޭކަ ޑޮލަރު އެބަލިބެއޭ ޖީބަށް

މަލީހް

މަލީހު ވިދާޅުވީ ކަދުރުރުއް ވެފައި ވަނީ ރައީސް ޑރ. މުއިއްޒުގެ ކޮރަޕްޝަންގެ ސިމްބަލްއަކަށް ވެފައި ކަަމަށެވެ.

މަލީހު ވިދާޅުވަނީ އެއާޕޯޓުު ހުޅުވުމާއި އެކު ދިވެހިން، އެންމެ އިސްކަމެއް ދީފައިވާ ފަތުރުވެރިންގެ ހިދުމަތުގައި ތިއްބަވާ އެއާޕޯޓު ގެ ރެޕްރެޒެންޓޭޓިވްސް ނުވަތަ ޤައުމު ރަމްޒުކޮށްދޭ ބައެއްގޮތުގައި ތިއްބަވާ ބޭފުޅުންނަށް ޗެކިން ކައުންޓަރާއި ހަމައަށް ފަތުރުވެރިޔާއެކީ ލަގެޖުހިފައިގެން ނުދެވުމަކީ ތަރައްޤީ ގައުމެއްގައި ހިންގާނެ ނާތަހުޒީބު އަމަލެއް ކަމުގައެވެ.

މަލީހު ވިދާޅުވީ އެއާޕޯޓު ހުޅުވުމުގެ ނަމުގައި ސަރުކާރުން ކުޅެން އުޅޭ ނާޗަރަންގީއެއް ކުޅެން އުޅެނީ ކިތައްމިލިޔަން ޑޮލަރު ހަރަދު ކޮއްގެންތޯ ރައްޔިތުންނަށް އެގެންޖެހޭކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved