theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕާޓީ ހިންގަން ނޫޅޭ، އެކަމަކު ސަރުކާރު ހިންގަން ފޯރުވަނީ އިންތިހާއަށް ނުފޫޒު! / ތޭރަގްރެފިކްސް
ހަބަރު
ޕާޓީ ހިންގަން ނޫޅޭ، އެކަމަކު ސަރުކާރު ހިންގަން ފޯރުވަނީ އިންތިހާއަށް ނުފޫޒު!
17 ޖުލައި 2025
މާލެ ސިޓީ

ދަންނަ ގާތް މީހުންނަށް ރައްދު ދިނުމަކީ އެހާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ޚާއްސަކޮށް ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އެއް މަސައްކަތެއްގެ ތެރޭގައި އުޅެވި ފެނި ދަނެވިފައިވާ މީހުންނަށް ރައްދު ދިނުމަކީ މާ ގަޔާވާ ކަމެއް ވެސް ނޫނެވެ. ނަމަވެސް ހައްގު ބަސް ބުނަން ޖެހިއްޖެ ނަމަ އެ ބަސް ބުނާނެއެވެ.

އެގޮތުން 16 ޖޫލައި "ގަރުދިޔަ" ޖަގަހައިގައި ބޭއްވި ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު ވިދާޅުވީ މެޑަމް އެއް މިހާރު ޕާޓީ ހިންގަން ނުފޫޒު ނުފޯރުވާނެ ކަމަށާ ޕާޓީ ހިންގަން ނުވެސް އުޅުއްވާނެ ކަމަށެވެ.

ތެދަކަށް ވެދާނެއެވެ. ނަމަވެސް ހިތަށް އަރާ ސުވާލަކީ ޕާޓީ ހިންގަން ނޫޅުނީމަ ނިމުނީބާއެވެ؟ ސަރުކާރު ހިންގަން މެޑަމްގެ ނުފޫޒު އޮތް މިންވަރު ހަމަ ނޭނގެނީބާއެވެ؟ ސަރުކާރު ފުރަތަމަ އެކުލަވާލިއިރުވެސް ތިޔަ ވިދާޅުވާ މެޑަމްގެ "ނޮހޮރޮއްޕާނާ" ހެދި މަގާމުތައްކަށް މީހުން އައްޔަންކުރަން ވެސް ރައީސް ޑރ މުހައްމަދު މުއިއްޒަށް އުނދަގޫފުޅު ވެގެން ކޯފާ އިސްކުރެއްވި ކުރެއްވުމުގެ ވާހަކަ ބާރަށު މައިކުން ބުނެނުލަނީ ކީއްވެބާއެވެ؟

ދައުލަތުގެ މަގާމެއްގައި އަންހެނަކު ހުރެއްޖެ ނަމަ ތިޔަ ވިދާޅުވާ މެޑަމްއަށް ހަޖަމް ނުވެ ތުއްތު ދަރިންނާ މައިން ވަކިކޮށް އެ މައިން ޖަލު ގޮޅިއަށް ފޮނުވާފައި ހުރި ހުރުން ހަނދާން ނެތުނިބާއެވެ؟ ދައުލަތުގެ ވަޒީރުންގެ އަނބިއަނބި ކަނބަލުންނާ އެހެންނިހެން ވެރިންގެ ވެސް އަނބިން އެކި ހަފްލާތަކަށް ގެނައުން މަނާކުރީ ވެސް ހަމަ ތިޔަ ވިދާޅުވީ އިއްޒަތްތެރި ލޫލާފަި ކަމަނާގެ އަމުރަކަށްކަން ހަނދާން ނެތުނީބާއެވެ؟

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މެޑަމް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް އަދަބު އިހުތިރާމު ކުޑަކޮށް އެ މަނިކުފާނު ލަދުގަންނުވާލާ ދެ އަތް ފަތާރާސިކޮށް އަތް ހޫރުވާ ތިމަން ކަމަނާގެ ހައިސިއްޔަތު އޮޅުވާލާ ފޯރުވި ނުފޫޒު ގުނަންވީ ކޮން ގިންތިއަކުން ކޮން މިންތިއަކުންބާއެވެ؟

މިވަރުން އަދި މިވާހަކަ ނިންމާލެވެން ނެތެވެ. ޕާޓީ ހިންގަން އަތް ނުބޭނި ނަމަވެސް އެ ވިދާޅުވާ މެޑަމް ވަނީ ރައްޔިތުންގެ ފައިސާއިން، އެކަމަނާ އިޖްތިމާއީ މަސައްކަތް ކުރަން ޖަމްއިއްޔާ އެއްވެސް އުފައްދާފައެވެ. އެހެންކަމުން ޕާޓީ ހިންގަން ނުފޫޒު ނުފޯރުވިޔަސް ސަރުކާރު ހިންގުމަށާ ރައްޔިތުންގެ ބައިތުލްމާލަށް ފޯރުވާ ނުފޫޒު ގައިމުވެސް ކުޑައެއް ނޫނެވެ.

މެޑަމް އުޅުއްވަނީ ނައިބު ރައީސް ކަމަށް ހެދިގެން މުޅި ގައުމުގައި އުދުހެމުން ކަމަށް ބުނެ ރައްޔިތުން މިހާރުވެސް ދަނީ ނުުރުހުން ފާޅުކުރަމުންނެވެ. އެހެންވީމަ ތިޔަ ވިދާޅުވާ ނުފޫޒު ނުފޯރުވާ މެޑަމްއާ މެދު ރައްޔިތުންގެ ހިތުގައި، ދައުރު ނިމޭއިރު ނަފްރަތު ކެކި އުތުރި އަރާން ވަރު ވަޒަންކޮށްލާށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved