މޫސުން ކުރިއަށް އޮތް 3 ދުވަހު ގޯސް ވާނެ
ހަބަރު
ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަ ކުރާނެ!
Fathmath Reem
ފާތުމަތު ރީމް
10 ޖެނުއަރީ 2024

ރާއްޖެ ކައިރިން ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް 3 ދުވަހު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ ( މެޓު ) އޮފީހުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މެޓު އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެބޭފުޅުން ވިދާޅުވީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމުގެ އިތުރުން ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ކޮޅިގަނޑުގެ ސަބަބުން މޫސުން ގޯސްވާނެތީ ހުރިހާ ބޭފުޅުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެ ކައިރީގައި މިފަދަ ކޮޅިގަނޑެއް އުފެދިފައިވާއިރު ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved