theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޫސުން ގޯސް / ސޯޝަލް މީޑިއާ
ހަބަރު
މޫސުން: މިއަދުވެސް ވައި ބާރު، ސަމާލުވޭ!
Mariyam Isaadha
މަރިޔަމް އިސާދާ
20 ޖުލައި 2025
މާލެ ސިޓީ

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިލާގަނޑުގައި ޖެހޭ ވަރަށް ބާރުވާނެ ކަމަށާ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކުރާ ގޮތް ހާމަކޮށް ނެރެފައިވާ ނިމުތުގައި ބުނެފައިވަނީ މޫސުމަށް ބަލައިލާއިރު މިއަދުވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމުގައެވެ.

މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް ލަފާކޮށް މެޓުން ބުނެފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާ އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45-50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވެއެވެ.

ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނަށް ބަލައިލާއިރު މެދުރާއްޖެއާއި އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށާއި އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓާއި ދެމެދުގައި ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

މިއަދުވެސް މޫސުން ލަފާކުރެވެނީ ގޯސްކޮށް ކަމަށާ ވައިވެސް ނުހަނު ބާރުވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ މިއަދު ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved