theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލު ގެދޮރުވެރިޔާ ފްލެޓުގެ މަސައްކަތް ބަލާލަނީ / ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޑެޓް
ހަބަރު
ރައީސް މުއިއްޒުގެ ސްކޭމެއް، ގެދޮރުވެރިޔާ ފްލެޓު މިލްކު ކުރެވޭ އުސޫލަށް ބޮޑު ބަދަލެއް!
20 ޖުލައި 2025
މާލެ ސިޓީ

ކުރީގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތައާރަފްކުރި ގެދޮރުވެރިޔާ ފްލެޓުތައް އަމިއްލަ ކުރެވެން އޮތް ގޮތް ބަދަލުކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު ސްކޭމެއްގައި ރައްޔިތުން ޖައްސައިފިއެވެ.

އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުން ތައާރަފުކުރި އެ ސްކީމުގެ ދަށުން 4000 ފްލްޓު ލިބުނު މީހުންނަށް ފްލެޓުތައް ދޫކުރަނީ ރިއަލް އެސްޓޭޓު އުސޫލުން ކަމަށް ވެއެވެ. މިކަން ހާމަވެފައިވަނީ 20 ޖުލައި 2025 ވަނަ ދުވަހު ފަހި ޔޫނިއަންއާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބޭއްވި ބައްދަލުވުމަށް ފަހު ފަހި ޔޫނިއަންއިން ނެރުނު ނޫ ބަޔާނުންނެވެ.

ބަޔާނުގައިވާ ގޮތުގައި އެ ބައްދަލުވުމުގައި އެ ކޯޕަރޭޝަނުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މި ސްކީމަކީ މީގެ ކުރިން ހިންގި ސޯޝަލް ހައުސިންގ ސްކީމްތަކާ ޚިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ސްކީމެއް ކަމަށް އެފްޑީސީ އިން ވަނީ ބުނެފައެވެ.

"ކުއްޔަށް ދޫކުރާ" މާނަކުރާ ގޮތަކީ ރިއަލް އެސްޓޭޓް ކުންފުނިތަކުން ވެސް ދިގު މުއްދަތަކަށް އަގު ދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 25 އަހަރުގެ މުއްދަތަކަށް އަގު ދައްކާ ޚަލާސް ކުރުމުން މިލްކުކުރެވޭ ގޮތަށް ދޫކުރުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ވަނީ ބުނެފައެވެ.

އެހެންކަމުން އެންމެ މަހަކު ވެސް ފްލެޓުގެ ކުލި ނުދައްކައިފި ނަމަ އަނބުރާ އަތުލެވޭނެ ފަދަ ގޮތަކަށް މިވަނީ ފަރުމާކޮށްފައި ކަމަށްވެއެވެ.

ހިޔާ" މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއް ކަމަށް ހަދައި ދިނުމުގެ އިތުރުން އެ ފުލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި އެގްރީމަންޓްގައި ސޮއި ކުރާ ހިސާބުން ތަޅުދަނޑި ހަވާލުކުރެވި ފުލެޓް ހަވާލު ކުރެވޭ ގޮތައް ހިންގާފައިވާ ސްކީމު ތަކެއްކަ ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕާރޓްމަންޓްތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އިން ވަނީ ބުނެފައެވެ. އަދި ޑައުން ޕޭމަންޓަށްވާ 25،000 ހާސް ދެއްކުމުން މެނުވީ ތަޅުދަނޑި ޙަވާލު ނުކުރެވޭނެ ކަމަށް އެ ފަރާތުން ބުނި ކަމަށް ވެސް ފަހި ޔޫނިއަން އިން ބުނެއެވެ.

ހަމަ މިއާ އެކު ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ނަމަ 7،000 ރުފިޔާ ދައްކާ 02 ކޮޓަރީގެ އެޕާރޓްމަންޓަކަށް ސަތޭކަ ޕަސެންޓަށް ވުރެ ބޮޑު ޖޫރިމަނާ އާއި އެކު 15،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އާ އެކުވެވޭ އެގްރިމެންޓްގައި ހިމަނާފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި 9،000 ރުފިޔާ ދައްކާ 03 ކޮޓަރީގެ އެޕާރޓްމަންޓަކަށް 170 ޕަސެންޓަށް ވުރެ ބޮޑު ޖޫރިމަނާ އަކާއި އެކު 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އިން ވަނީ ބުނެފައެވެ.

ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލާނެ ކާމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިން އެއްޗެއް ދިން ގޮތަކަށް އެއަށް ވުރެ ފުރިހަމަކޮށް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ވިދާޅުވެފައިވާ ކަމަށާއި، އަދި ރައީސް މުއިއްޒު ވެރިކަމާއި ހަވާލު ވުމަށްފަހު ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ވިދާޅުވެ، ހުޅުމާލެ ފޭސް-1 ގެ ފުލެޓްތަކާއި، ހިޔާ ފުލެޓް، ވިނަރެސް ފުލެޓްގެ އިތުރުން ރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިންގ ޔުނިޓް ތަކުގެ ކުލި ކުޑަކުރެއްވި ފަދައިން މި 4000 ފުލެޓްގެ ކުލިވެސް ކުޑަކޮށް ދިނުމަށް ފަހި ޔޫނިއަން އިން ވަނީ ގޮވާލާފައެވެ.

މިފަދަ ގޮތަކަށް ގެދޮރުވެރިޔާ ފްލެޓުގެ އެއްބަސްވުމަށް ބަދަލު ގެނެސް ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުން ބޮޑު ސްކޭމެއް ޖައްސާފައިވާއިރު، ނިމިދިޔަ ސަރުކާރުން ވަނީ ފުލެޓް ލިބޭ ފަރާތާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެކު ފުލެޓް ކަނޑައަޅާ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

އެ އެއްބަސްވުމުގައި ކަނޑައަޅަފައި ވަނީ 02 ކޮޓަރީގެ ފުލެޓުގެ ކުއްޔަކީ މަހަކު 5،000 ރުފިޔާ ކަމަށެވެ. އަދި 03 ކޮޓަރީގެ ފުލެޓުގެ ކުއްޔަކީ މަހަކު 7،000 ރުފިޔާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved