March 17, 2026
Advertisement
ރައީސް މުއިއްޒަށް މަރުހަބާ ކިޔުމަށް ވިއްސާރައިގައި ތުއްތު ކުދިން ނެރެފި
ރައީސް މުއިއްޒަށް މަރުހަބާ ކިޔުމަށް ވިއްސާރައިގައި ތުއްތު ކުދިން ނެރެފި / ސޯޝަލް މީޑިއާ

ބޯ ވިއްސާރައިގައި ހިޔަލެއް ނެތި ރައީސް މުއިއްޒަށް މަރުހަބާ ކިޔަން ތުއްތު ކުދިން ނެރެފި

Jul 21, 2025, 11:42 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުތުފުޅުގައި ވިއްސާރައަކަށްވެސް ބެލުމެއް ނެތި ތުއްތު ކުދިން މަރުހަބާ ކިޔަން ނެރެފިއެވެ.

Advertisement

އެމަނިކުފާނު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހެނބަދޫއަށް ވަޑައިގެންނެވިއިރު މާބޮނޑިއާ އެކު މަރުހަބާ ކިޔަން ނެރެފައި ތިބީ ވަރަށް ތުއްޕުޅު ކުދިންކޮޅެކެވެ. އޭރުވެސް ވާރޭ ވެހެމުން ދިޔަ ނަމަވެސް އެކުދިން ސަފުން ނެރެ ގިޔާކުރުމުގެ ވިސްނުމެއް ވެސް ރައީސް މުއިއްޒުގެ ޓީމުގައި ނެތެވެ.

އެއްވެސް ހިޔަލެއް ނެތި މާ ވިއްސާރައިގައި އަދި ޚާއްސަކޮށް ރޯގާއާ ހުން ެސް އިތުރު ދުވަސްވަރެއްގައި ތުއްތު ކުދިން އެހެން ނެރުމުން ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.

ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ފުރާވަޑައިގެންނެވީ މިއަދުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved