

މުސްލިމުންނަށް އަނިޔާވެރިވާ ހިންދުތުވާގެ ބޮޑު ވަޒީރަކު ރާއްޖޭގެ މިމިވަން ދުވަސް ޝަރަފްވެރިކުރަން ގެނައުމަކީ ލަދުވެތިކަމެއް ކަމަށް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއްކަމަށްވާ އާންމުންގެ އެކުވެރި ގުޅުމުގެ ރައީސް މިދުއަމް ސައުދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނަކީ މުސްލިމުން ކަތިލަމުންދާ ސަހްޔޫނީންނަށްވެސް އެންމެ ވާގިވެރިވާ އަދި ކަޝްމީރުގައި އެތައް މުސްލިމުންނަށް އަނިޔާދީ ދިރިތިއްބާ އަންދަމުންދާ ބީޖޭޕީގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކަމަށް އޮންލައިން ނޫހެއްގައި އޮތް ޚަބަރެއް ހިއްސާކޮށް މިދުއަމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ މިނިވަންކަން ފާހަގަ ކުރާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދޭން ވަޑައިގަންނަވަނީ ހިންދުވެތާގެ އިސް ލީޑަރު މޯދީ ކަމަށާ މިއީ ބޮޑު ލަދުވެތިކަމެއް ކަމަށެވެ.
ފަހު ޒަމާނުގައި މާލީ ގޮތުންނާއި، ސިޔާސީ ގޮތުން އަދި އަސްކަރީ ގޮތުން ރާއްޖޭގެ މިނިވަންކަން ބަލިކަށިކުރަން އަދި އެވެރިންނަށް ބަރޯސާ ކުރުވަން މަސައްކަތް ކުރި އަދި ކުރަމުން އަންނަ ހަމައެކަނި ބަޔަކީ އިންޑިއާގެ ހިންދުވެތާ ސަރުކާރެރުކަން ފާހަގަކުރައްވާ މިދުއަމް ވަނީ ކަން އެހެން އޮތް ނަމަވެސް މިއަދުވެސް މިނިވަންކަމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރަން ގެންނަން މިޖެހުނީވެސް ހަމަ އެމީހާ ކަމަށް ވިދާޅުވެފައެވެ.
އެއީ އިންޑިއާއިން ބޭނުންވި ގޮތް ކަމާ މިކަމުން ހާމަވަނީ ދިވެހިންގެ މިނިވަންކަން އޮތް މިންވަރު ކަމަށް މިދުއަމް ވަނީ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައެވެ.
މިދުއަމް މިފަދައިްނ ވިދާޅުވެފައިވާއިރު، އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ނަމުގައި ކުރެއްވެވި ކެމްޕެއިނަކަށް ފަހުއެވެ.