June 18, 2026
Advertisement
އަމީނީ މަގު
އަމީނީ މަގު / ސޯޝަލް މީޑިއާ

ގަސްތައް ނުކަނޑާ ތަރައްގީ ގެންނަން ދަސްކުރަން އާންމުން ސަރުކާރަށް ގޮވާލައިފި

Aiminath Sarah
އައިމިނަތް ސާރާ
Jul 24, 2025, 03:39 AM
މާލެ ސިޓީ

މާލޭގެ މަގުތަކުގައި ހައްދާފައިވާ ގަސްތައް ނުކަނޑާ ތަރައްގީ ގެންނަން އާންމުން ސަރުކާރަށް ގޮވާލައިފިއެވެ.

Advertisement

އާންމުންގެ ފަރާތްތަކުން މިފަދައިން ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ އަމީނީ މަގު ފުރުގާން މިސްކިތް ކައިރީގައި ހުންނަ ގަހެއް ސިޓީ ކައުންސިލުން ކަނޑާލުމާއި ގުޅިގެންނެވެ.

މިގޮތުން މި ގަހަކީ ފުރުގާން މިސްކިތަށް ނަމާދަށްދާ އެތައް ބަޔަކު ހިޔާ ހޯދާ ގަހެއް ކަމަށާއި މިފަދައިން މި ގަސް ކަނޑާލުމަކީ ބަލައިގަނެވޭން ކަމެއް ނޫން ކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުންވެސް ވަނީ އަމީނީ މަގުގައި ތާރު އެޅުމުގެ މަޝްރޫއު ފެށުމަށްޓަކައި އަމީނީ މަގުގައި ހެދިފައި ހުރި ބިޔަ ގިނަ ގަސްތައް ކަނޑާލާފައެވެ.

ތިމާވެއްޓަށް ގެއްލުން ނުދީ، އަދި އާންމުންގެ ފަސޭހައަށް ހުންނަ މިފަދަ ކަންކަން ބަދަލުނުކޮށް ތަރައްގީ ގެންނަން ދަސްކުރަން ޖެހޭ ކަމަށް މި ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved