

ޚާރިޖީ ސިޔާސަތުގެ ތެރެއިން "އިންޑިއާ ފަސްޓް" ޕޮލިސީ އިސްކުރަނީ ސަލާން ޖެހުމުގެ ވިސްނުން ގެންގުޅޭ ވެރިން ކަމަށް ކުރީގެ ޚާރިޖީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޝަރަފްވެރި މެހެމާނަކަށް ގެންނާތީ ގައުމުގައި އެކަމުގެ ހިތްހަމަ ނުޖެހުން އިތުރުވެފައިވަނިކޮށް، މޯދީގެ އެ ދަތުރުފުޅާ ގުޅިގެން ގައުމުގެ ކުރީގެ ބައެއް ލީޑަރުން އިންޑިއާ ފަސްޓް ސިޔާސަތު ރާއްޖެއަށް މުހިންމުވާ ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފާތީ އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ޒަމާންވެ، ދޫކޮށްލަން ޖެހިފައިވާ ސިޔާސަތެއް ކަމަށެވެ. އަދި ދަރަނިން ސަލާމަތްވެ، އިންޑިއާއާއި ޗައިނާއާއެކު ހަގީގީ މާނައެއްގައި ވިޔަފާރި ކުރަން ފަށައި، އެ ދެ ގައުމުގެ މާކެޓުން ޖާގަ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނާށިގަނޑު ހިފައިގެން ސަލާން ޖެހުން ހުއްޓުމަކަށް ގެންނަން ވެއްޖެ ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.
'India-First' is an old & outdated concept. We must free ourselves from the debt & start doing real business with both India & China. We don't need more loans, we need access to their markets. We must stop taking the begging-bowl to our neighbours.
— Umar Naseer (@UmarNaseerMV) July 23, 2025
އުމަރު މިފަދައިން ވިދާޅުވެފައިވާއިރު އޭނާ އަކީ އަބަދުވެސް އިންޑިއާއަށް މި ގައުމު އަލުވެތިވާތީ އެކަމާ ފާޑުވިދާޅުވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.