March 11, 2026
Advertisement
-
- / އެމްއޭސީއެލް

18 ސަރަހައްދަކުން ހަވާ އަރުވާ ދައުލަތުގެ ބަޖެޓަށް ހައްތަހާ ބާރުބޮޑު ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 26, 2025, 05:28 PM
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތާއި ގުޅިގެން 18 ސަރަހައްދަކުން ހަވާ އަރުވަން ނިންމާ ދައުލަތުގެ ބަޖެޓަށް ސަރުކާރުން ބާރު ބޮޑު ކޮށްފިއެވެ.

Advertisement

ގައުމުގެ އިގްތިސާދު ހީނަރުވެފައިވާ ކަމަށް ސަރުކާރުން ހާމަކުރަމުންދާއިރުވެސް، މިފަދަ މުނާސަބަތާއި ގުޅިގެން މިހާ ގިނަ އަދަދަކަށް ހަވާ އެރުވުމަކީ ދައުލަތުގެ ފައިސާ އިސްރާފު ކުރުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތާއި ގުޅިގެން މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކާއި އަދި ވައިގެ ބަނދަރު ކައިރިން 3 ސަރަހައްދެއްގައި 06 މިނެޓުގެ ހަވާ އަރުވަން ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.

މި ސަރުކާރުން އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ އެމްޑީޕީ ސަރުކާރުން ގައުމު ދަރުވާލާ، އިގްތިސާދީ ބޮޑު އަނދަވަޅަކަށް ގައުމު ވައްޓާލައިފައިވާ ވާހަކައެވެ.

ކަންމިހެން ހުރި އިރު މިފަދަ ނާޒުކު ފައްތަރެއްގައި ގައުމުގެ އިގްތިސާދީ ހާލަތު ހުރިއިރު، 18 ވަރަކަށް ސަރަހައްދެއްގައި 06 މިނެޓްގެ ހަވާ އަރާ ސަރުކާރުގެ މޮޅުކަން ދައްކަން އުޅުމަކީ އިގްތިސާދީ ގޮތުން މުއިއްޒު އަޅާ ގޯސް ފިޔަވަޅެކެވެ.

ރައީސް ޔާމީނުގެ ޒައާމަތުގައި އެމަނިކުފާނު ބިނާކޮށްދެއްވި ސިނަމާލެ ބްރިޖް ހުޅުވުމުގެ މުނާސަބަތާއި ގުޅިގެންވެސް ވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާހެން ވަރަށް ފުރިހަމައަށް ދިވެހިންނަށްް ހަވާ އަރުވާދީފައެވެ.

މިއާއި އެކު، 18 ސަރަހައްދަކުން އަރުވަން ހަމަޖެހިފައިވާ ހަވާ އަކީ މުއިއްޒު ރައީސް ޔާމީން އާއި ވާދަކޮށްލަން ކުރާ ކަމެއްގެ ގޮތުގައި ކަމަށް ބުނެ ދިވެހިން ފާޑުކިޔާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved