March 11, 2026
Advertisement
-
- / ރައީސް އޮފިސް

މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން މަނާ ކުރުމަށްފަހު މޯދީ ރާއްޖެ އައިސް ދިވެހި ބަހުން ވާހަކަ ދައްކައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 26, 2025, 05:28 PM
މާލެ ސިޓީ

މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން މަނާ ކުރުމަށްފަހު މޯދީ ރާއްޖެ އައިސް ދިވެހި ބަހުން ވާހަކަ ދައްކައިފިއެވެ.

Advertisement

ރާއްޖޭގެ ބައެއްގެ ގޮތުގައި ކުރިން އޮތް މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން މޯދީ ވަނީ މަނާކޮށްފައެވެ. އެއީ މަލިކަކީ މިހާރު އިންޑިއާގެ ބަޔަކަށް ވެފައި އިންޑިއާގެ ސަގާފަތާއި ބަސް ކުރިއަރުވާ ދިވެހިވަންތަކަން ކަނޑުވައިލުމަށެވެ.

ދިވެހި ބަސް މަލިކުން ފޮހެލުމަށް ފާޅުގައި މަސައްކަތް ކުރުމަށް ފަހު މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވަނީ ދިވެހި ބަހުން ވާހަކަ ދައްކާފައެވެ.

މި މުޚާތަބު ކުރެއްވުމުގައި ދިވެހި ބަސް އައިސްފައިވަނީ އިންޑިއާ ބަސް ތެރެއިން ކަމަށްވެސް މޯދީ ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއަށް ވަޑައިގެން މޯދީ ކުރެއްވި ޓްވީޓެއްގައިވެސް ވަނީ ދެ ގައުމުގެ ގުޅުން ދަމަހައްޓަނީ އިންޑިއާ ރައްޔިތުން ކަމަށް ބުނެ ދިވެހިންނަށް ބުލީ ކޮށްފައެވެ.

މޯދީއަކީ މުސްލިމުން ދެކެ ނަފްރަތު ކުރާ އަދި މުސްލިމުން މަރާ، އަދި މުސްލިމުން މަރަން ހިތްވަރުދޭ މީހަކަށްވެފައި ދިވެހިން ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރުމަކީ ދިވެހިރާއްޖެއަށް މޯދީގެ ހިތް ސާފުނުވާނެ މައިގަނޑު އެއް ސަބަބެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved