May 12, 2026
Advertisement
-
- / ރައީސް އޮފިސް

ދިވެހިރާއްޖެއަށް ހިންގާނެ ޕްރޮޖެކްޓުތައް މޯދީ އިއުލާންކުރައްވައި، މުއިއްޒު ހުރީ ވާނުވާގައި

Sudha Latheef
ސުދާ ލަތީފް
Jul 26, 2025, 08:38 PM
މާލެ ސިޓީ

ދިވެހިރާއްޖެއަށް އަމާޒުކޮށް ހިންގާނެ ގިން އަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތަކެއް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޯދީ ޢިއުލާންކުރައްވައި، އެ މަޝްރޫއުތަކުން ދިވެހިރާއްޖެއަށް ލިބޭނެ ފައިދާތައްވެސް ތަފްސީލުކޮށް ބަޔާންކޮށްދީފިއެވެ.

Advertisement

މިކަން ހިނގާފައިވަނީ ދެޤައުމުގެ އިސްވެރިން ބައިވެރިވެބަޑައިގެންނެވި މުހިންމު ބައްދަލުވުމެއްގައެވެ. ނަމަވެސް މި ބައްދަލުވުމުގައި ރައީސް މުއިއްޒު ހުންނެވީ ބާރެއް ނެތް ގޮތައް ހަމައެކަނި ބަލަހައްޓައިގެންކން ފާހަގަކުރެވެއެވެ.

މޯދީ މި މަޝްރޫއުތައް ޢިއުލާންކުރައްވައި، ކަނޑައެޅިގެން އެ މަޝްރޫޢުތަކުން ދިވެހިރާއްޖޭގެ އިޤްތިސާދަށާއި، ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ކުރިއެރުންތައް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ތަފާތު ދާއިރާތަކުގެ މަޝްރޫޢުތައް ހިމެނެއެވެ.

މިކަމުން ފެނިގެންދިޔައީ ބައްދަލުވުމުގެ ތެރޭގައި މޯދީ އަކީ ހަމައެކަނި ބައިވެރިެއްގެ ގޮތުގައި ހުންނެވި މިޙެއް ނޫން ކަމާއި، މިކަމުގެ ބާރުވެރިއެއްގެ ގޮތުގައި ހުންނެވީ އޭނާކަމެވެ.

ހިންދީ ބަހުން ވާހަކަ ދައްކަވަމުން، މޯދީ ވަނީ ދިވެހިރާއްޖެއަށް ކުރިމަތުވެފައިވާ ގޮންޖެހުންތަކާއި ، އޭގެ ޙައްލުތަކަށް އިންޑިއާއިން ދޭނެ އހީތެރިކަން ފާހަގަކުރައްވާފައެވެ. މި މަންޒަރު ފެނިގެން ދިޔައިރު، ރައީސް މުއިއްޒުއަށް ފެނިގެންދިޔައީ ކޮންމެސް ވަރެއްގެ ހައިރާންކަމެއްގައި ހުންނެވި ތަން ކަމަށް ފާހަގަކުރެވެއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް އެއްބާރުލުން ދިނުމުގެ ތެރެއިން މި މަޝްރޫއުތައް ޢިއުލާންކުރިއިރު، ރައިސް މުއިއްޒަށް އެކަމުގައި އެއްވެސް އިސް ދައުރެއް އަދާކުރެވޭ މަންޒަރެއް ނުފެނެއެވެ.

މިކަމުން ދައްކުވައިދެނީ ދެ ޤަައުމުގެ ގުޅުމުގައި އިންޑިއާއިން މީހާރު ކުޅެމުންދާ މުހިންމު އަދި ބާރުގަދަ ދައުރެވެ. އަދި އިންޑިއާއިން ދެކޭގޮތްވެސް މިކަމުން ފާހަވެގެންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved