

ދިވެހި ސަރުކާރު މިއަދު އޮތީ ދަރަނީގެ ދަންތުރާގައި ޖެހިފައި ކަމަށް ދިވަހިރާއްޖޭގެ ކުރިގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިިނވަން ދުވަހުގެ މުނާސަބާގައި ޗެނަލް13 އިން ގެނެސް ދިން ޅާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވި ދަރަނީގެ ދަންތުރާގައި ޖެހުމުން އެއިން ނެއްޓެން ހަދަންވީ ގޮތެއް ނޭނގި ބުނާހާ ގޮތެއް ހަދައިން މި ވެރިކަމުން ތިބޭ ކަމަށެވެ.
މިވެރިކަން ގެނައީ ދިވެހީން ނުހަނު ފޮނި އުއްމީދާ އެކުގައި އިންޑިއާގެ އަތް ދަށުން ގައުމު ސަލާމަތް ކުރަން ނަމަވެސް، ދިވެހިން އުއްމީދު ކުރި ވަރާ ގާތަށްވެސް މި ސަރުކާރުގައި އާރު ނެތް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަން ކުރުމަކީ މަޑު ފުއްގަނޑުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ވެރިކަންކުރުމަކީ "ސްޓްރެއިޓް ފޯވާޑް ސްޓްރޯންގް" މީހުންނަށް ކުރެވޭނެ ކަމެއް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
އުނދަގޫ ހާލަތްތަކުގެ ތެރެއިން ޤައުމު ދަތުރުކޮށްފައި ދާންޖެހޭ އިރު އެފަދައިން ކަންތައްތައް ގެންދެވޭަ ފަދަ ވެރިން ތިބެންޖެހޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު ވަނީ އަޅުގަނޑުމެންނަށް މިނިވަންކަން ހޯއްދަވައިދެއްވި އިބްރާހިމް ނަސީރު އަކީ އެފަދަ ލީޑަރެއްކަން ފާހަގަކުރައްވާފައެވެ.
ޤައައުމެއްގެ މިނިވަންކަން ހިފެހެއްޓުމަކީ އަދި ހާއްްސަކޮށް މިކަހަލަ އުނދަގޫ ދުވަސްވަރެއްގައި ހިފަހެއްޓުމަކީ ވަރަށް "ސްޓްރޯންގް ލީޑަރަކަށް ކުރެވޭނެ ކަމެއް. އަޅުގަނޑުމެންނަށް މި ސަރުކާރުގެ ފަރާތުން އެބޭފުޅުން ކޮންމެ ވާހަކައެއް ދައްކާ ވަކާލާތުކުރައްވާއިރު ވެރިކަމަށް ވަޑައިގެންވިޔަސް، މި ފެންނަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު އިނގޭތޯ، ހަމަ ކަކޫ ޖަހައިގެން ކުރުނީސް ކުރަމުންދާ މަންޒަރު.
އުމަރު ނަސީރު ވިދާޅުވީި ފައިސާއަށާއި ބާރުހުރި ގައުމުތަކުގެ ކައިރީގައި އާދޭސް ކުރާ މަންޒަރު މިހާރު ފެނިގެންދާ ކަމަށެވެ.