March 12, 2026
Advertisement
އަރަބިއްޔާ ސްކޫލްގެ ދަރިވަރުން
އަރަބިއްޔާ ސްކޫލްގެ ދަރިވަރުން / ޕްރެސް ޓީވީ

ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

Aishath Naja
އައިޝަތު ނަޖާ
Feb 24, 2024, 08:19 PM
މާލެ ސިޓީ

އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Advertisement

ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށީގައި ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އެވެ.

އަންޑަގްރައުންށް ޕާކިންގ ޖާގައާއި އެކު 10 ބުރިއަށް ހެދޭ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި 42 ކުލާސް ރޫމް، ސައިންސް ލެބޯޓްރީ، މަލްޓިޕާޕަސް ހޯލް އަދި ކުދިން ކުޅޭނެ ޓާރފެއްވެސް ހިމެެނެއެވެ.

ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

ޢަރަބިއްޔާ ސްކޫލް އެޅުން އަހަރުތަކަކަށް ލަސްވެގެން ދިޔުމުން ބެލެނިވެރިންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޢަރަބިއްޔާ ސްކޫލް އެޅުމާއި ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ދުވަހުއެވެ.

ނަމަވެސް ޢަރަބިއްޔާގެ ސްކޫލްގެ ޢަމަލީ މަސައްކަތް ފެށިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved