March 22, 2026
Advertisement
ޑރ ޖަމީލު ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ޑރ ޖަމީލު ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

މިއަށްވުރެ "ގަވަނެންސް" ނިކަމެތިވެ ފަގީރުވި ވެރިކަމެއް ނާނދެ: ޑރ ޖަމީލް

Sudha Latheef
ސުދާ ލަތީފް
Jul 28, 2025, 11:03 PM
މާލެ ސިޓީ

މިއަށްވުރެ "ގަވަނެންސް ޕުއާރ" ގަވަނެންސް ނިކަމެތިވެ ފަގީރުވި ވެރިކަމެއް ނާންނަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ޗެނަލް13 އިން ގެނެސްދިން ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ "މޮޑާން" ނުވަތަ ޒަމާނީ ޤާނޫނު އަސާސީ އައި ފަހުން މިއަށްވުރެ ނިކަމެތިކޮށް ވެރިކަމުގެ ނިޒާމު ނިކަމެތި ހާލަތަކަށް ވެއްޓުނު ވެރިކަމެެއް ނާންނަ ކަމަށެވެ.

ޑރ. ޖަމީލު ވަނީ ރައީސް މުއިއްޒުގެ ވެރިކަމަކީ ދިވެހިރާއްޖޭގެ އެއްވެސް ކަހަލަ ޤާނޫނެއް ނެތި ހިންގާ ފާލުން ނެއްޓިފައި އޮތް ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ވެރިކަން އެންމެ ބޮޑަށް ސިފަވެގެންދަނީ ދިވެހިރާއްޖޭގެ އެއްވެސް ކަހަލަ ޤާނޫނެއް ނެތި ޤާނޫނު އަސާސީ އެއް ނެތް ޒަމާނުގައިވެސް މިހިސާބަކަށް ހިއެއް ނުވޭ ރައްޔިތުންގެ ހާލަތު މިހާ ނިކަމެތިވެގެން މިހާ ދަށު ދަރަޖައަށް ވެއްޓިގެން ދިޔަ ހެންނެއްް. އެހިސާބަށް މިވެރިކަމުގެ ނިޒާމު ވެއްޓިގެން ހިނގައްޖެ. އަނެއްކާ ފާލުކަން ބޮޑު ގޮތެއްގަ އެ އިއުލާން ކުރައްވަނީ ތިމަންނަމެންގެ މި ނިޒާމުގައި ތިމަންނަމެންނަށް ރައްޔިތުންނަށް ހިދުމަތްދޭނީ ބޭނުންވި ބަޔަކަށޭ. ގުޑް ގަވަނެންސް ގަ އޮންނަ އެއްޗެއް ނޫން ދަންނަ އެއްޗެއް ނޫން މިސާލަކަސް ބޯހިޔަވަހިކަން މިސާލަކަސް ހެލްތްކެއާ ނުވަތަ ވަޒީފާ، ތިމަންނަމެން ބޭނުން މީހަކަށޭ އެެ ދޭނީ އެހެން ނުއެއް ބުނެވޭނެ އިނގޭތޯ،އެހެންބުނާ ހިސާބަކީ އެ މެމްބަރެއްގެ ހަގިގަތުގަ ޝަރުތު ގެއްލޭ ހިސާބު.

ޑރ ޖަމީލް ވިދާޅުވި

ޑރ ޖަމީލް ވިދާޅުވީ ރަނގަޅު ނިޒާމެއްގެ ތެރެއިން ވެރިކަންކުރައްވާ ކަމުގައި ވާނަމަ ރިސޯސް މެނޭޖް ކުރާނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ކަމަށެވެ. މިވެރިކަން އައިއްސުރެ ކުރިން ފަސޭހަކަމައެކު ލިބެމުން އައި އެތައް ޚިދުމަތަތަކެއް އުނަދަގޫވެގެން ގޮސްފައިވާ ކަން ޑރ ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.

ޑރ ޖަމިލް ވިދާޅުވީ މިއީ ގުޑް ގަވަނެންސް ނެތުމުގެ އެންމެ ފުރިހަމަ އަލާމާތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved