

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދަރާ (މެޓު) ން ހުދު ސަމާލު ނެރުނީ މިއަދު 14:00 އިން ރޭގަނޑު 20:00 އަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރުނު ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހި، ކަނޑު ގަދަވުމާއެކު، ގަޑިއަކު 45 މޭލާށް ވައި ގަދަވާނެ ކަމަށެވެ.
ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގުމޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށާއި މުޅި ރާއްޖެއަށް ވިއްސާރަވެ، އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަދި ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.