theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޫސުން ގޯސް / ސޯޝަލް މީޑިއާ
ހަބަރު
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި
Mariyam Isaadha
މަރިޔަމް އިސާދާ
31 ޖުލައި 2025
މާލެ ސިޓީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓޮލޮޖިކަލް ސެންޓަރ (މެޓު) އިން ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށީގެން ތ. އަތޮޅަށެވެ. އެއީ ހެނދުނު 11:30 އިން ފެށިގެން މިއަދުގެ 17:30 އަށެވެ.

ސަމާލުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެގި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ހަފްތާގައިވެސް ވައި ބާރުވެ، ވިއްސާރަ ކުރާނެ ކަމަށް މެޓް އިން ލަފާކޮށްފއިވެއެވެ.

މިއަދުގެ އޮރު އޮއްސި 6:00 އާ ހަމައަށް މޫސުން ލަފާކުރާގޮތަށް ބަލާނަމަ ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ލަފާ ކުރެއެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ މެޓުން ލަފާކޮށްފައިވެއެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑޮއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.

މެޓުން ވިދާޅުވީ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4-7 ފޫޓް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?