March 23, 2026
Advertisement
ޑރ. ޖަމީލު ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ފިނޭންސް މިނިސްޓްރީން ކޮރަޕްޝަން މުޅިން ތަފާތު ހަރުފަތަކަށް އުފުލާލައިފި: ޑރ ޖަމީލް

Sudha Latheef
ސުދާ ލަތީފް
Jul 31, 2025, 09:37 PM
މާލެ ސިޓީ

ފިނޭންސް މިނިސްޓްރީން ކޮރަޕްޝަން މުޅިން ތަފާތު ހަރުފަތަކަށް އުފުލާލައިފި ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މި ތުހުމަތު ކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. ޖަމީލްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިހާރުގެ ޕީއެންސީ ސަރުކާރަށް ވެރިކަން ލިބުނު ހިނދު، ދުރުގައި ކުޅިބަލަން ތިބި އެތައް ބަޔަކު ކުއްލިޔަކަށް އެތެރެއަށްވަދެ ދެމިގަތީ ލޮދި ހިކާތަކެއްހެންނެވެ.

އޭނާ ވިދާޅުވީ، މި ބަޔަކު ފާއިތުވި ފަސް އަހަރު ބަޔަކު ގައުމަށްޓަކައި ބުރަ މަސައްކަތް ކުރާތަން ދުރުން ބަލައި، ޤައުމު ކޮޅާލުމުގެ ރޭވުންތައް ރާވަން ތިބީ ކަމަށެވެ. ޑރ. ޖަމީލްގެ ތުހުމަތުތަކަށް ބަލާއިރު، ދައުލަތުގެ ބޮޑަތި ކުންފުނިތަކުން ކުރާ ކޮންމެ ޕާޗޭސެއް ހިންގަންޖެހެނީ މާލީ ވަޒީރު ދުރާލާ ހޯއްދަވާފައިވާ ކޮޓޭޝަންތަކެއްގެ މައްޗަށް ކަމަށް ބެލެވެއެވެ. މިކަމުގެ މިސާލެއްގެ ގޮތުން ޑރ ޖަމީލް ފާހަގަކުރައްވާފައިވަނީ، ކުންފުންޏަކުން 10 މިލިއަން ޑޮލަރުގެ ވެހިކަލްތަކެއް ގަންނައިރު، އޭގެ ތެރެއިން 5 ވަރަކަށް މިލިއަން ޑޮލަރު ޖީބަށް ލުމަށް ތުހުމަތު ކުރެވޭ ކަމެވެ.

ޑރ. ޖަމީލް ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، އެގައުމެއްގެ މާލީ ވުޒާރާ ކޮރަޕްޝަނަށް ދެވިހިފައިފިނަމަ، އެގައުމެއް ގެނބިގެންދާނީ ބޮކިޖަހާފައި ކަމަށެވެ. މި ތުހުމަތުތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved