April 4, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މި ސަރުކާރުގައި ކޮރަޕްޝަން ނެތް ދިމާއެއް ނެތް: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 1, 2025, 03:27 AM
މާލެ ސިޓީ

މި ސަރުކާރުގައި ކޮރަޕްޝަން ނެތް ވުޒާރާއެއް ނުވަތަ އިދާރާއެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީ ސަރުކާރުތަކަށްވުރެ މުއިއްޒުގެ ސަރުކާރުން ހިންގާ ކޮރަޕްޝަން ބޮޑުވެފައި ގިނަ ކަމަށާއި މިއިން އެއްވެސް މައްސަލައެއް ބެލޭނެ ނިޒާމެއް މި ސަރުކާރުގައި ނެތް ކަމަށެވެ.

މިގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައިގަނޑު ޒިންމާ އަކީ ދައުލަތުން ހިންގާ މިފަދަ ކޮރަޕްޝަން މައްސަލަތައް ބެލައި ޒިންމާދާރު ކުރުވުން ކަމަށާއި ނަމަވެސް މުއިއްޒު ވަނީ އޭސީސީވެސް މުއިއްޒުގެ މުށު ތެރެއަށްލައި އޭސީސީގެ ބާރު ކަނޑުވާލައިފައި ކަމަށެވެ.

އޭސީސީ އަކީ ކޮރަޕްޝަންގެ ކަންތައްތައް ބަލައި ސަރުކާރު ހަމައަކަށް އަޅުވަން އޮތް ތަނެއް އެކަމަކު އެތަންވެސް އޮތީ ޕެރަލައިޒްވެފައި. އޮޑިޓް އޮފީހުންވެސް އޮޑިޓްއެއް ނުކުރޭ، ރައްޔިތުންގެ މަޖިލިސްވެސް ޕެރަލައިޒްޑް. މި ހުރިހާ ކަމަކުން ބެނެފިޝިއަލް ވަނީ މުއިއްޒަށް

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އޯޑިޓަރ ޖެނެރަލް އޮފީހުންވެސް ސައްހަ އޮޑިޓް އެއް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނުކުރެވޭ ކަމަށާއި އެތަންވެސް އޮތީ "ޕެރަލައިޒް" ވެފައި ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިއާއި އެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ހޯދުނު ގޮތަކުން 400 މިލިއަން ރުފިޔާ ހޯދުމަށް ކުންފުނިތަކަށް މުއިއްޒ އަންގާފައިވާ ކަމަށާއި އިންތިޚާބުތަކާއި ދިމާކޮށް އިންތިޚާބު ކާމިޔާބު ކުރުމަށް މުއިއްޒު ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ރައީސް ޔާމީން އަލިއަޅުއްވާލެއްވިއެވެ.

ކޮރަޕްޝަން އަކީ އިންސާނީ ހަޟާރަތު ފެށުނީއްސުރެ އޮންނަ ކަމެއް ކަމަށާއި ނަމަވެސް މައްސަލަ ބަލާ ފިޔަވަޅު އަޅަން ޖެހޭ ތަންތަނަކީ މިނިވަން ކަމާއި އެކު މަސައްކަތް ކުރެވޭ ތަންތަނަށް ވާން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން ގެއްލުވާލި ގައުމުގެ ރައުސްމާލްތަކާއި ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް މުއިއްޒުގެ ސަރުކާރުން ނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި މި ސަރުކާރުންވެސް އަންނަނީ ފައިސާ އެއްކުރެވުނު ގޮތަކަށް އެއްކުރަމުން ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved