March 19, 2026
Advertisement
ރައީސް މުއިއްޒު އަހާ ފޯރަމްގައި
ރައީސް މުއިއްޒު އަހާ ފޯރަމްގައި / ރައީސް އޮފިސް

ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެންނަތޯ ބަލަން ރައްޔިތުންގެ ވޯޓަކަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 25, 2024, 03:01 PM
މާލެ ސިޓީ

ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެންނަތޯ ބަލަން ޔައްޔިތުންގެ ވޯޓަކަށް ދާން މަސައްކަތް ފަށައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ބެހެއްޓުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ އިންތިޒާމު ގާނޫނީ ގޮތުން ހަމަޖެއްސުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ ފަށާފައެވެ.

އެގޮތުން މަޖްލިސްގެ މެމްބަރަކަކާ ހަވާލާދީ ކުރުސީ އޮންލައިންގައި ބުނެފައިވަނީ ކުރިއަށް އޮތް މަޖްލިސް އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅާއި އެކު ރައީސްގެ އިތުބާރު އޮތްތޯ ބެލުމުގެ ވޯޓަކަށް އެހުމަކީ މިވަގުތު ކޮންމެހެންވެސް ގިނަ ރައްޔިތުން ބޭނުންވާ އެއްކަން ކަމަށެވެ.

އިތުރަށް އެ ނޫހުގައި އިތުރަށް ބުނެފައިވާ ގޮތުގައި ރައީސްގެ އިތުބާރާއި ގުޅޭ މައްސަލަ މަޖްލިސްގެ ތަޅުމުގައި އަޒުލު ކުރުމަށްވުރެ ރައްޔިތުންގެ ވޯޓަކުން ނިންމުން މާރަނގަޅުކަމަށް ގިނަ މެމްބަރުން ގަބޫލް ކުރާ ކަމަށެވެ.

މީގެ އިތުރުން މެމްބަރު ވިދާޅުވީ މަޖްލިސް އިންތިހާބުގެ ވޯޓާއި އެކު ރައީސްގެ އިތުބާރުނެތަކަމަށް ރައްޔިތުން ނިންމަިއފިނަމަ އެގޮތަށް މަޖްލިސްއަށް ހުށަހަޅައި އަޒަލު ކުރުމަކީ އެންމެ މަސްލަހަތު ރަނގަޅުގޮތެވެ. އަދި އެއީ ގާނޫނީ ގޮތުންވެސް އެންމެ ރަނގަޅު ގޮތެވެ.

މަޖްލިސް އިންތިހާބުގެ ވޯޓާއި އެކު ރައީސްގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަކީ މިވަގުތު އެންމެ ހަރަދު ކުޑަ ގޮތްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަޖިލީހުގެ ތެރެއިން އަޒަލު ކުރުމުގެ އަޑު ގަދަވެފައިވަނިކޮށް, ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން މަސައްކަތް ފަށާފައި މިވަނީ ރައޯސް މުއިއްޒުގެ ވެރިކަމަށް 3 މަސްވާން ދާއިރު މިވެރިކަމަކީ މިހާތަނަށް ރައްޔިތުންގެ އިތުބާރު އެންމެ އަވަހަށް ގެއްލުނު ވެރިކަން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
ކޮމެންޓްތައު
ރައްޔަތުން
Mar 15, 2024, 09:57 AM
ވޯޓެއް ނަގަންޖެހޭ ކަމައް ފެނޭ!
އިންސާފު
Mar 14, 2024, 10:50 AM
އިންޑިޔާއިން އެމް ޑީ ޕީ އައް ލާރިދާގެން މިވެރިކަން ވައްޓާލަން އުޅުނަސް މާތްﷲގެ އިރާދަފުޅުންދެއްވި ވެރިކަމެއްވައްޓާލަން އުޅުމަކީމޮޔަކަމެއް
އަތްލޫ
Mar 13, 2024, 01:47 AM
ރަތްޔިތުންގެ ވޯޓަކުންނިއްމަންޖެހޭނީ އޭރުން މައޯކޭ ރަތްޔިތުންގެވެރިކަމެއް ނިއްމާނީހަމަރަތްޔިތުން ރަތްޔިތުން ނިއްމީމަކާ ކޮއްމެހެންލޭއޮހޮރުމަކައްދާކައްނުޖެހޭ އެއީމޮޔަވިސްނުމެއް. ރަތްޔިތުންނިްމާނީ
Fennathoabalan
Mar 10, 2024, 04:00 AM
Fennathoa balan Fennathoabalan Feneythoa balan Noosverin?
Shah
Mar 5, 2024, 04:22 AM
Nujehey vote eh nagaakqh 5 aharah hovaafahury hama myhaku fodieh jahaairah jujehey fenna nufenna eh magaakqh kaakutha haradhu kurany mmprc laarin haradhukohgen tha inthikhaabu bahavany
އަލީ
Feb 27, 2024, 06:31 PM
ރައީސް ޑރ. މުއިއްޒު💯 އިތުބާރު އެބައޮތް .. އެމްޑީޕީ މީހުން ހޭބަލި ވެގެންތަ މިއުޅެނީ ،ރައްޔިތުން ނިކުމެ ވޯޓުން ވެރިކަމުން ބޭލިމަވެސް…
ޑްރައި
Feb 26, 2024, 04:36 AM
ހޫޫނ. ތިވޯޓެއް ނިކަން ނަގާބަލަ. އޭރުންވާނެ އިބޫ ވެރިކަމުގަހުރިކަަމަށް.
EEZ
Feb 25, 2024, 08:56 PM
Varah muhinmu kameh
ހުވަދޫ
Feb 25, 2024, 08:03 PM
ކަލޭމެން ހޭބަލިވޭ.. ލާހިކު ކުޅަދާނައެެއްނޫން ތިކަން ކޮށްފަ ސޯލިހު ގެ އައުވާނުން ސަލާމަތްވާކަށް.. ތި ކަން އުޅުނަސް އެ ހުރަސްކުރީ ރަތް ރޮނގު.. ރައްޔިތުންގެ ވޯޓަކުން ހޮވާފަ ހުރިކަން ކަލޭމެން ހަނދާން ނައްތާލައޮފިއްޔާ މިކަން އަހަރެމެން ނިންމާނީ ލޭ އޮހޮރުވުމަކުން.. ސާފުވެއްޖެ..؟؟
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved