theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަސްމާރުކޭޓު ސަރަހައްދުގެ އުޅަނދުތަކުން ފީ ނަގަނީ / ގެޓީ އިމޭޖަސް
ހަބަރު
މަސްމާރުކޭޓު ސަރަހައްދުގެ އުޅަނދުތަކުން ފީ ނަގަން ނިންމައިފި
Sudha Latheef
ސުދާ ލަތީފް
02 އޯގަސްޓު 2025
މާލެ ސިޓީ

މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށަށް ބަދަލުކޮށް، އަންނަ މަހުން ފެށިގެން މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކަށް ފީ ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިހާތަނަށް ވެސް އެމްޕީއެލް ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެ ސަރަހައްދު ބަލަހައްޓަމުން އައީ އެމްޕީއެލް އިންނެވެ. ނަމަވެސް، މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ވަނީ އެ ސަރަހައްދު އެއްކޮށް އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ.

އެމްޕީއެލްގެ ދަށަށް ބަނދަރު ބަދަލު ކޮށްފައި ވާތީ އެ ކުންފުނިން މިދިޔަ މަހު ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ.

އިއްޔެ އިން ފެށިގެން އެ ސަރަހައްދުން ހިދުމަތް ލިބޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް އެމްޕީއެލްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ހިދުމަތްތައް ދޭނީ ކަނޑައަޅާފައިވާ ޓްރިފްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved