theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މެމްބަރު ޝުޖާއު މުއިއްޒުއާއި އެކު / ތޭރަގްރެފިކްސް
ސިޔާސީ
މުއިއްޒުގެ މޭޔަރު ކަމުގައި އެއް އަހަރު ތެރޭ 10.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން މެންބަރު ޝުޖާއަށް !
Aiminath Zawjah
އައިމިނަތް ޒަޢުޖާ
02 އޯގަސްޓު 2025
މާލެ ސިޓީ

މުއިއްޒުގެ މޭޔަރު ކަމުގައި އެއް އަހަރު ތެރޭ 10.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން މެންބަރު ޝުޖާގެ މަސްލަހަތު ހިމެނޭ ކުންފުޏެއް ކަމުގައިވާ ކުއިކް ޝުއަރ ކިޔާ ކުންފުންޏަކަށް ދީފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ އެކްސްގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ތަފްސީލު ރިޕޯޓެއް ގައެވެ.

މި ރިޕޯޓްގައިވާ މައުލޫމާތުން ހާމަވާ ގޮތުގައި 2 ނޮވެމްބަރު 2022 އިން 7 ނޮވެމްބަރު 2023 އާ ދެމެދު، ޖުމްލަ 10,545,232.60 ރުފިޔާގެ މުޢާމަލާތް ކުއިކް ޝުއަރ ނަމަކަށް ކިޔާ ކުންފުންޏަކާ މާލޭ ސިޓީ ކައުންސިލް އާ ދެމެދު ހިނގާފައިވެއެވެ.

މި ކުންފުންޏާއި އެކު ކޮށްފައިވާ ހުރިހާ މުއާމަލާތްތަކުގެ ތަފްސީލްވެސް ހިމަނާފައިވާއިރު ޖުމްލަ 12 މުއާމަލާތެއް އެ ކުންފުންޏާއި މާލޭ ސިޓީ ކައުންސިލާއި ދެމެދު ހިނގާފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. މީގެ ތެރޭގައި އެންމެ ކުޑަ އަދަދަކަށް 265،000ރ ހިމެނޭ އިރު، 2.3 މިލިއަން ގެ ދެ ޓްރާންސެކްޝަނެއް އެންމެ ބޮޑެތި އަދަދު ތަކުގެ ތެރޭގައި ފާހަގަ ވެއެވެ.

މި ރިޕޯޓު އެމްއެމްއޭ އިން 28 މާރޗް 2024 ގައި އެކުލަވާލާފައިވާއިރު، މި ރިޕޯޓް ތަކުގައި ވާގޮތުން މި މުއާމަލާތްތައް ހިނގާފައިވާ ދުވަސްވަރަކީ ޑރ މުއިއްޒު މާލޭ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރުކަން ފާހަގަކުރެވިފައިވެއެވެ. އަދި ކުއިކް ޝުއަރގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު ނާފިޒު ގެ ބޭބެ މިހާރުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މާލެ ސިޓީ ކައުންސިލުގައި ހުޅުމާލޭގެ ކައުންސިލަރެއްގެ ގޮތުގައި އޭރު މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުންވެސް، ސަރުކާރުގެ އެކި އިވެންޓްތައް ހިންގުމަށް ގަވާއިދާއި ޚިލާފަށް ޝުޖާޢުގެ ”އޮފިޝަލް އިވެންޓްސް“ އަދި ނާފިޒްގެ ”ކުއިކް ޝުއަރ“ އަދި އެހެނިހެން ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވާކަން މި ރިޕޯޓުން ހާމަކޮށްފައިވެއެވެ.

އަދި ގިނަ އަދަދެއްގެ ފައިސާ ޝުޖާޢުގެ ކުންފުނިތަކަށް ވަނީ އިވެންޓްތައް ހިންގުމުގެ ނަމުގައި މިލިއަނުން ދޫކޮށްފައި ކަމަށާއި މި މުއާމަލާތްތަކުން ބޮޑު ބައެއް ރައީސް މުއިއްޒުއަށް ބައިއެޅޭ ގޮތަށް ދީފައިވާކަން މި ރިޕޯޓުން ހާމަވެގެންދެއެވެ.

ކޮރަޕްޝަނާއި ވައްކަން ހުއްޓުވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ވެރިކަމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުއިއްޒުއާއި މުއިއްޒުގެ ބައިވެރިން ވަނީ މި ގައުމުގައި ކޮރަޕްޝަން އެހެން ހަރުފަތަކަށް ގެންގޮސްފައެވެ. މުއިއްޒަކީ ވެރިކަން ލިބުމުގެ މާކުރިންވެސް ކޮރަޕްޝަންގެ މައްސަލަތައް އޮތް މީހެއްކަން މި ލިޔުެކިޔުންތައް ވަރަށް ސާފުކޮށް ހާމަވެގެންދެއެވެ.

އެހެންކަމުން، ދިވެހިން "ހެޕީ" ނުވިޔަސް ބާރަށު މެންބަރު ޝުޖާއު ހުންނަވާނީ "ވަރަށް ހެޕީ" ކޮށް ކަން އެމްއެމްއޭގެ މި ލިޔެކިޔުންތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެން ގޮސްފިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved