

ކުރިއަށް އޮތް ހަތަރު ދުވަހު އުތުރަށާ މެދު ރާއްޖެތެރެއަށް ވައި ބާރުވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ހާމަކޮށްފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާ އަދި އުތުރުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ލަފާކުރެއެވެ.
އެގޮތުން ކުރިއަށް އޮތް ހަތަރު ދުވަހު އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތަަކަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭއިރު ވަޔާ ކަނޑުތައްވެސް މަޑުވާން ފަށާނެ ކަމަށް ލަފާކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަހުންނެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް މިއަދު ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި ދެކުނުގެ ރަށްރަށަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ދުވަސްވަރަކީ މޫސުން ގޯސްވެ ވައިވާރު އަދި ކަނޑުގަދަ ދުވަސްވަރެއްކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވެ އަދި އެންމެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމށް ވަނީ އިލްތިމާސްކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކަކޚި ސްކޫލު ބަންދަށް ފަހު ގިނަ ބަޔަކު މާލެއިން އަތޮޅުތެރެއަށް އދި އަތޮޅުތެރެއިން މާލެއަށް ވެސް ދަތުރުކުރާނެ ދުވަސްވަރެއް ކަމުން މިކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.