theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެފްއައިޔޫގެ ވެރިޔާ އަބްދުالله އަޝްރަފް / ވިކިޕީޑިއާ
ސިޔާސީ
ޝުޖާއުގެ ރިޕޯޓްތައް ލީކުވުމާއެކު ފަޅާއެރުމުގެ ކުރިން އެފްއައިޔޫގެ ވެރިޔާ އަޝްރަފު ބަދަލުކޮށްފި
Sudha Latheef
ސުދާ ލަތީފް
03 އޯގަސްޓު 2025
މާލެ ސިޓީ

ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިތާ 24 ގަޑިއިރު ނުވަނީސް އެ ޔުނިޓުގެ ވެރިޔާ ބަދަލުކޮށްފި އެވެ.

އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަބްދުالله އަޝްރަފް ގެ ބަދަލުގައި އެ މަގާމަށް އެހެން މީހަކު ވަނީ ހަމަޖައްސާފައެވެ.

އެމްއެމްއޭއިން މައުލޫމާތު ދިން ގޮތުގައި މި މަގާމަށް ހަމަޖައްސާފައިވަނީ އިސްމާއިލް ސާޖިދު އެވެ. އެއީ ސްޓްރަކްޗަރަލް ބަދަލެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަޝްރަފް ބަދަލުކުރީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށެވެ.

މިއީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފު ދުރުކުރި ދެވަނަ ފަހަރެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.

އެފްއައިޔޫގެ ރިޕޯޓުތައް ދޭތެރެދޭތެރެއިން ލީކުވި ނަމަވެސް މިހާތަނަށް މިފަދަ މައްސަލަތަކުގައި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ދައުލަތުގެ އިދާރާތަކުން އަޅާފައި ނުވެ އެވެ.

ސޯޝަލް މީޑިއާގައި 24 ގަނޑުގެ މި ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ.

އެ ރިޕޯޓު ލީކުވުމުން ޝުޖާއު ވިދާޅުވި ގޮތުގައި އޭނާއަށް އެ ކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާތީ އެއީ އަސްލެއް ނުވަތަ ފޭކެއް ކަން ދަންނަވަން ނޭނގޭ ކަމަށެވެ. މި ރިޕޯޓަކީ ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 10، 2024 އަށް ހިނގާފައިވާ މުއާމާލަތްތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved