

މޫސުނާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ/
މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ. ސަމާލު ނެރެފައިވަނީ ހަވީރު 04:30 އިން ފެށިގެން މިރޭ 10:30 އާއި ހަމައަށެވެ.
ސަމާލުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
އެ އިދާރާއިން މިއަދު ކުރިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ހަތަރު ދުވަހު އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތަަކަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭއިރު ވަޔާ ކަނޑުތައްވެސް މަޑުވާން ފަށާނެ ކަމަށް ލަފާކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަހުންނެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް މިއަދު ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި ދެކުނުގެ ރަށްރަށަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ދުވަސްވަރަކީ މޫސުން ގޯސްވެ ވައިވާރު އަދި ކަނޑުގަދަ ދުވަސްވަރެއްކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވެ އަދި އެންމެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމށް ވަނީ އިލްތިމާސްކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކަކޚި ސްކޫލު ބަންދަށް ފަހު ގިނަ ބަޔަކު މާލެއިން އަތޮޅުތެރެއަށް އދި އަތޮޅުތެރެއިން މާލެއަށް ވެސް ދަތުރުކުރާނެ ދުވަސްވަރެއް ކަމުން މިކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.