March 27, 2026
Advertisement
ރައީސް ޔާމީން ވިދާޅުވީ މިއީ އުފެދުމުގައި ވެސް ބާތިލު ވެރިކަމެއް ކަމަށް
ރައީސް ޔާމީން ވިދާޅުވީ މިއީ އުފެދުމުގައި ވެސް ބާތިލު ވެރިކަމެއް ކަމަށް / ތޭރަ އޮންލައިން

މިއީ ކޮރަޕްޝަންގެ ހާލީގެ ތެރެއިން ވިހާފައި އޮތް ވެރިކަމެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 4, 2025, 03:56 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އުފެދުމުގެ އަސްލަކީ ވެސް ކޮރަޕްޝަންކަމުގައި ވެފައިވާ ވެރިކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއުގެ މަސްލަހަތު އޮންނަ ކުންފުނިތަކަކާ ގުޅޭ ގޮތުން ތިލަވެގެން އުޅޭ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ރިޕޯޓުން ހާމަވާން އޮތީ މި ސަރުކާރުގެ އުފެދުމުގެ އަސްލު ކަމަށެވެ.

އެގޮތުން އެ ރި÷ޯޓުން ފެންނަން އޮތީ ރައީސް މުއިއްޒުގެ ސަރުކާރަކީ އުފެދުމުގެ ތެރެއިން ވެސް ކޮރަޕްޝަންއާ ގުޅި ލާމެހިފައިވާ ސަރުކާރެއް ކަމަށެވެ.

ރައީސް ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި ހުވާކުރުމުގެ ރަސްމިއްޔާތު ޝުޖާއުގެ މަސްލަހަތު އޮތް ކުންފުނިތަކަކަށް ސިވެކު މެދުވެރިކޮށް އެވޯޑު ކުރި ކުރުން ރައީސް މުއިއްޒަށް ވާނީ ރޭކާލާފައި ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަންއާ މަނީ ލޯންޑަރުން އެއްވެސް މައްސައެއްގެ ތަހުގީގުވެސް ކުރިއަށް ނުދާނެ ކަމަށާ އޭގެ ސަބަބަކީ އެއިން ކޮންމެ ޖަރީމާއަކުން ރައީސް މުއިއްޒަށް ބައި އެޅިފައިވާ ވުން ކަމުގައި ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު މަނީ ލޯންޑާކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުސް އޮފީހަށް ހުށަހެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ އެ ރިޕޯޓު މީސް މީޑިޔާގައި ލީކުވެ ރައްޔިތުން އެ ވާހަކަ ދައްކަން ފެށުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved