theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި / ސޯޝަލް މީޑިއާ
ހަބަރު
ބުދަ ދުވަހާ ހަމައަށް ކަނޑު ދަތުރުތައް މަޑުޖައްސާލަން އިލްތިމާސްކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
04 އޯގަސްޓު 2025
މާލެ ސިޓީ

ބުދަ ދުވަހާ ހަމައަށް ކަނޑު ދަތުރުތައް މަޑުޖައްސާލަން އިލްތިމާސްކޮށްފިއެވެ.

މިފަދައިން އިލްތިމާސްކޮށްފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިންނެވެ.

އެ އިދާރާއިން ނެރުނު އެޑްވައިޒަރީއެއްގައި، ބުނެފައިވަނީ އަންނަ ބުދަ ދުވަހާ ހަމައަށް ކަނޑު ދަތުރުތައް މަޑުޖައްސާލަން އިލްތިމާސްކުރާ ސަބަބަކީ، ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވެ، ވިއްސާރަވުމާއި، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފައި ވާތީ ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމަށް ބުރޫއެރުމުގެ ފުރުސަތު ބޮޑު ކަމުން އެކަން އެގޮތަށް ކުރުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ޚާއްސަކޮށް މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިއްމު ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މި އިލްތިމާސްގައި އިތުރަށް ބުނެފައި ވަނީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާ ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ އިތުރުން އަދި ރޭގަނޑު ދަތުރު ނުކުރުމަށް ވެސް އެދިފައިވެއެވެ.

ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ވެސް މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ނުކުރެއްވުމަށް ވެސް އެމްއެންޑީއެފްއިން ވަނީ ހަނދާންކޮށްދީފައެވެ. އަދި މިގޮތަށް އަމަލުކުރުމަކީ ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ލާޒިމު ކަމެއްކަމަށް އެމްއެންޑީއެފްގެ އެޑްވައިޒަރީގައި ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?