theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޫސުން ގޯސް / ޕޮލިސް
ހަބަރު
މިއަދު ނެރުނު މޫސުމީ ހުދު ސަމާލުގެ ވަގުތު ހަތަރު ވަނަ ފަހަރަށް ދަންމާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
04 އޯގަސްޓު 2025
މާލެ ސިޓީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލުގެ ވަގުތު ހަތަރު ވަނަ ފަހަރަށް ދަންމާލައިފިއެވެ.

ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު އެންމެ ފަހުން ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެއީ އިރުއޮއްސި 07:45 އިން ފެށިގެން މެންދަމުން އަލިވެ 1:30 ގެ ނިޔަލަށެވެ.

ސަމާލުގައިވާ ގަޑިތަކުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެޓުން ވިދާޅުވީ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއްރަށްތަަކަށް ގުގުރުންް އެކަށީގެންވާ ކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

ކަނޑުދަތުރުކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އިލްތިމާސްކޮށްފައިވެސް ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved