March 23, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ޤައުމުގެ އިންފްލޭޝަން މަތިވުމުން ވާނެ އެއްޗެއް މިގައުމަށް ވެއްޖެ: ޑރ ޖަމީލް

Sudha Latheef
ސުދާ ލަތީފް
Aug 8, 2025, 09:06 PM
މާލެ ސިޓީ

އިންފްލޭޝަން މަތިވީމަ ދިމާވާނެ ހުރިހާ މައްސަލަތަކެއް މިހާރު ދިމާވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ މިއީ ވިޔަަފާރިއަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި ޤައުމަށް ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. ޑރ ޖަމީލް ވިދާޅުވީ ޤައުމުގެ ހާލަތު މީގެ ކުރިން ދުވަހަކުވެސް މި ދަރަޖަައަށް ގޮސްފައި ނުވާކަމަށެވެ.

އައިއެމްއެފްއާއި ވޯލްޑްބޭންކް އިން ބުނާ ގޮތަށް އިންފްލޭޝަން މަތިވީމަ ދިމާވާނެ މައްސަލަތައް ފާހަގަކޮށް ޑރ ޖަމީލް ވިދާޅުވީ އާންމު ދިރިއުޅުމުގެ ހާލަތު ދަތިވެ، މީހުން އެހެން ކަންތައްތަކަށް ކުރަން ބަހައްޓާފައި ހުންނަ ފައިސާ ނެތި ރައްޔިތުންގެ އަމިއްލަ އެކައުންޓްގައި ރައްކާކޮށްފައި ހުންނަ ފައިސާތައް މަދުވުން ފަދަ މައްސަލަތައް ޖެހޭ ކަމަށެވެ. މިކަހަލަ ހުރިހާ ދަތިތަކެއް ރާއްޖެއިން މިހާރު ފެންނަމުން އަންނަ ކަމަށް ޑރ ޖަމިލް ވަނީ ފާހަގަކުރައްވާފައެވެ.

ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ހަރަދުތައް ކުރަނީ އެއްވެސް ހާލެއްގައި ރާއްޖޭގެ އާމްދަނީ އެއް ލިބޭނެ ކަމަކަށް ނޫން ކަމަށެވެ.

ޑރ ޖަމީލް ވިދާޅުވީ މިއަދު އާންމު ކާބޯތަކެތީގެ އިންފްލޭޝަންވެސް 6% އަށް އުފުލިގެން ގޮއްސިކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިކޮނޮމީ އޮތީ ވަރަށް ބޮޑު ރިސްކެއްގައި ކަމަށް ޑރ ޖަމީލް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved