March 14, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

ރައްޔިތުންގެ ވިންދާ ދެކޮޅަށް ސަރުކާރު ނުހިންގޭނެ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 8, 2025, 09:00 PM
މާލެ ސިޓީ

ރައްޔިތުންގެ ވިންދާ ދެކޮޅަށް ސަރުކާރު ނުހިންގޭނެ ކަމަށާއި މި ސަރުކާރުން ވައްކަން ނޫން ކަމެއް ނުކުރާ ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒު ވެރިކަމަށް މިވީ ދުވަސްކޮޅު ތެރޭގައި ވައްކަމާއި ކޮރަޕްޝަން ނޫން ކަމެއް ނުކުރާކަމަށާއި އަމިއްލަ ޕާޓީގެ މެންބަރުންވެސް މުއިއްޒަށް ނުހިފެހެއްޓޭ ކަމަށެވެ.

މަލީހް ކުރެއްވި ޕޯސްޓް
މަލީހް ކުރެއްވި ޕޯސްޓް

މި ސަރުކާރުން މިހާތަނަށް ކޮށްފައިވާ ބޮޑެތި ވައްކަންތައް ފަޅާއަރާފައިވާއިރު މިއިން އެއްވެސް މައްސަލައެއް ސަރުކާރުން ބަލާފައި ނުވެއެވެ.

ރައްޔިތުންނަށް ފައިދާހުރި އެއްވެސް ޚިދުމަތެއް ނުފެއްޓެވި، ގައުމަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް މުއިއްޒަށް ކަށަވަރު ކުރެވިފައިނުވެއެވެ.

މުއިއްޒަކީ 50 އަހަރު ނުފުރޭ އަދި ސިޔާސީ ގޮތުން ތަންދޮރު ނުދަންނަ ކުޑަ ކުއްޖެއް ކަމަށް މަލީހްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved